Advertisement
Advertisement

ފުވައްމުލަކުގައި ޤުރުއާން ސެންޓަރެއް އިމާރާތް ކުރަން އެއްބަސްވުމުގައި ސޮއިކޮށްފި

ހަސަން ހައްސާމް
ޤުރުއާން ސެންޓަރު އިމާރާތް ކުރަން އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފްލާ ޤުރުއާން ސެންޓަރު އިމާރާތް ކުރަން އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފްލާ

ފުވައްމުލައް ސިޓީގައި ޤުރުއާނާބެހޭ މަރުކަޒެއް އިމާރާތް ކުރަން ނިންމައި އެކަމުގެ އެއްބަސްވުމުގައި ރައިސާ ޕްރައިވެޓް ލިމިޓަޑާއެކު އިސްލާމިކް މިނިސްޓްރީ އިން ސޮއިކޮށްފިއެވެ.

Advertisement

ރައިސާ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ އެކުންފުނީގެ އެޗް.އާރް މެނޭޖަރ މުސްޠަފާ މުޙައްމަދުފުޅެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ.

ފުވައްމުލައް ސިޓީގައި ޤުރުއާނާބެހޭ މަރުކަޒެއް އިމާރާތް ކުރުމަކީ ރިޔާސީ ކެމްޕޭނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފުވައްމުލައް ސިޓީއަށް ކޮށްދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދެކެވެ.

މި މަޝްރޫއު ކުރިއަށް ގެންދަނީ އެއް އަހަރު ދުވަސް ތެރޭގައި ނިންމާ ގޮތަށް 12 މިލިއަން ރުފިޔާ ހަރަދުކޮށްގެން ދެ ފަންގިފިލާއަށް އިމާރާތް ކުރާ ގޮތަށެވެ. މި އިމާރާތުގެ ގްރައުންޑް ފްލޯގައި އޮޑިޓޯރިމަކާއި، ލައިބްރަރީއެއް އަދި މީޓިންގ ރޫމެއް ހަދަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ފުރަތަމަ ފަންގިފިލާގައި ހަތަރު ކްލާސް ރޫމާއި 30 މީހުންގެ ޖާގައިގެ ނަމާދު ކުރާނެ ތަނެއް ޢިމާރާތްކުރަން ވަނީ ނިންމާފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވިގޮތުގައި، ފުވައްމުލައް ސިޓީގައި ޤުރުއާނާބެހޭ މަރުކަޒެއް ޢިމާރާތްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޤުރުއާނާބެހޭ މަރުކަޒުގެ ގޮފި ހިންގުން އިތުރަށް ހަރުދަނާކޮށް، ކޯސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު