Advertisement
Advertisement

ފުވައްމުލަކުގައި ކުޑަކުދިންގެ ޑިޓެންޝަން ފެސިލިޓީއެއް ހަދަނީ

ޑިޕާރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިފްތިތާހު ކުރުން ޑިޕާރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިފްތިތާހު ކުރުން

ފުވައްމުލަކުގައި ކުޑަކުދިންގެ ޑިޓެންޝަން ފެސިލިޓީއެއް ގާއިމް ކުރަން ނިންމައި އެ ފެސިލިޓީ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ފުލުހުންގެ އިދާރާއިން އިއުލާން ކޮށްފިއެވެ.

Advertisement

މި ފެސިލިޓީ އަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު އަދި ޔުނައިޓެޑް ނޭޝަންސްގެ މިނިމަމް ސްޓޭންޑަރޑް ފޮރ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަސް (މަންޑޭލާ ރޫލްސް) ގައި ބަޔާންކޮށްފައިވާ ކަންތައްތަކާ އެއްގޮތަށް ޤާއިމްކުރާ ވަކި ކަހަލަ ކުށްތަކެއް ކުރާ ކުދިން ބަންދުގައި ބަހައްޓަން ހަދާ ފެސިލިޓީ އެކެވެ.

މި ފެސިލިޓީގައި ބަންދުކުރާ ކުދިންނަށް އެއްވެސް ހުއްޓުމެއްނެތި، އުމުރާ ގުޅޭގޮތުން ކިޔެވުމުގެ ފުރުޞަތު އޮންނާނެއެވެ. މީގެ އިތުރުން ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކައުންސެލިންގ އަދި ސައިކިއަޓްރިކް ސެޝަންތައް ފޯރުކޮށްދިނުމާއި އިސްލާމީ ކައުންސެލިންގ ދިނުމާއި ލައިފް ސްކިލްސް ކިޔަވާދޭނެއެވެ.

ކުޑަކުދިންނަށް ހާއްސަ މަރުކަޒުތަކުގައި ބަހައްޓަން ވާނީ އެ މަރުކަޒުގައި ކުއްޖާ ބެހެއްޓުން އެއީ ފަހުފިޔަވަޅަށް ވާނަމަ ކަމަށް ގާނޫނުގައި ވަނީ ބުނެފަ އެވެ. އަދި ކުއްޖަކު ބެހެއްޓޭ މުއްދަތަކީ ހަމައެކަނި އެ ހާލަތެއް ލާޒިމުކުރާ އެންމެ ކުރު މުއްދަތަށް ވާން ޖެހޭނެ ކަމަށްވެސް ގާނޫނުގައި ވަނީ ބުނެފަ އެވެ. އަދި އެ ގާނޫނުގެ ދަށުން އުފައްދާ މަރުކަޒުތައް ވާންވާނީ ބޮޑެތި މީހުން ބަންދުކުރާ ތަންތަނާއި ވަކިން ހަދާފައިވާ ކުއްޖާގެ އުމުރާއި ކޮށްފައިވާ ކުށާއި އެކަށޭނަ ތަނަކަށް ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު