Advertisement
Advertisement

ހާފިޒު އަޙުމަދު ސްކޫލުގެ ކުރީގެ ޕްރިންސިޕަލަށް އަލުން މަގާމު ނުދިން މައްސަލާގައި ޖަވާބުދާރީވާން ސީއެސްސީ 3 ދުވަހުގެ މުހުލަތެއް ދީފި

ހާފިޒު އަޙުމަދު ސްކޫލުގެ ކުރީގެ ޕްރިންސިޕަލް މުޙައްމަދު ފަޔާޒް ހާފިޒު އަޙުމަދު ސްކޫލުގެ ކުރީގެ ޕްރިންސިޕަލް މުޙައްމަދު ފަޔާޒް

ހާފިޒު އަޙުމަދު ސްކޫލުގެ ކުރީގެ ޕްރިންސިޕަލަށް އަލުން މަގާމު ނުދިން މައްސަލާގައި ޖަވާބުދާރީވާން ސީއެސްސީ 3 ދުވަހުގެ މުހުލަތެއް ދީފިއެވެ. 

ފުވައްމުލަކު  ހާފިޒު އަޙުމަދު ސްކޫލުގެ ކުރީގެ ޕްރިންސިޕަލް މުޙައްމަދު ފަޔާޒަށް އަލުން ހާފިޒު އަޙުމަދު ސްކޫލުގެ ޕްރިންސިޕަލްކަން ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އަށް އެންގި އެންގުން ތަންފީޒުކުރުމަށް އެެދި ފަޔާޒުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބު ދާރީވުމަށް ސީއެސްސީއަށް ތިން ދުވަހުގެ މުހުލަތެއް ސިވިލް ކޯޓުން ދީފިއެވެ.

މި މާރިޗު މަހުގެ 22 ވަނަ ދުވަހު ސިވިލް ކޯޓިގައި އޮތް އަޑުއެހުމުގައި، ފަޔާޒު އަލުން މަގާމު ހަމަޖައްސައި ނުދިނީ ކީއްވެގެންތޯ ގާޒީ ކުރެއްވި ސުވާލަށް ސީއެސްސީގެ ފަރާތުން ސީނިއަރ ލީގަލް އޮފިސަރ އަލްއުސްތާޛު އާޔަތު ﷲ ބުނެފައި ވަނީ ޓްރައިބިއުނަލްގެ ނިންމުމުގައި ބުނާ ބައެއް ވާހަކަތައް ތަފްސީލް ނޫންކަމަށާއި، އެހެންކަމުން މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ ހުށަހެޅި ހާލަތު ނެތްކަމަށް ދެކޭކަމަށާއި، ވަޒީފާ އަލުން ހަމަަޖައްސައި ނުދިނީ އެސަބަބަށްޓަކައި ކަމުގައެވެ. މިޖަވާބާގުޅިގެން ފަޔާޒުގެ ފަރާތުން ވަކީލު އުސްތާޛު ޒާލިފު ރައްދުދެއްވަމުން ވިދާޅުވެފައިވަނީ ހާލަތު ނެތިދިއަކަމަށް ބެލެވޭނެ އެއްވެސް ކަމެއް ފާޔާޒު ހާފިޒު އަޙުމަދު ސްކޫލުން މިނިސްޓްރީއަށް ބަދަލުކުރުމަށްފަހު ހިނގާފައި ނެތްކަމަށާއި، ބާޠިލެއްގެ މައްޗަށް ތަރުތީބުވާނީ ބާޠިލް ކަމަށާއި، އެ އަސާސްގެ މައްޗަށް ޓްރައިބިއުނަލުގެ ނިންމުމުގައި ވެސް ކަނޑައަޅާފައި ވަނީ އެފަދައިން ކަމުގައެވެ.
ދެފަރާތުގެ ވާހަކަތަކަށް ރިއާޔަތްކޮށް ގާޒީ ވަނީ، ޓްރައިބުނަލްގެ ނިންމުން ސީއެސްސީ އިސްތިއުނާފުކުރިތީ ސުވާލުކުރައްވާފައެވެ. ޖަވާބުގައި ސީއެސްސީގެ ވަކީލު ބުނެފައި ވަނީ މައްސަލަ އިސްތިއުނާފުކޮށްފައި ނުވާކަމުގައެވެ. އެ ދުވަހުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ ސީއެސްސީ ދައްކަން ބޭނުންވާ ވާހަކަ ލިޔުމުން ހުށަހެޅުމަށް ތިން ދުވަހުގެ ޖުއްދަތެއް ދިނުމަށް ފަހުގައެވެ.

2019 ވަނަ އަހަރު ހާފިޒު އަޙުމަދުގެ ކުރީގެ ޕްރިންސިޕަލް ފަޔާޟް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ބަދަލުކުރުމަށްފަހު، ފަހުން އއ. އަތޮޅު މަދަރުސާއަށް ބަދަލުކުރި މައްސަލާގައި ފަޔާޒުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިވިއުނަލަށް 2020 ވަނަ އަހަރު ހުށަހެޅި މައްސަލަ ބެއްލެވުމަށްފަހު ޓްރައިބިއުނަލުން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެތެރޭގައި މައްސަލަ ނިންމާފައި ވަނީ ފަޔާޒު މިނިސްޓްރީއަށް ބަދަލުކޮށްފައި ވަނީ އުސޫލުތަކާއި ޚިލާށްކަމަށް ބެލެވޭ ސަބަބަށްޓަކައި، އެ ނިންމުމުގެ މައްޗަށް ތަރިތީނުވެގެން އައި އެންމެހައި ކަންކަންކަން ބާޠިލް ކަމަށް ކަނޑައަޅައި، ފަޔާޒަށް ހާފިޒި އަޙުމަދު އަޙުމަދު ސްކޫލުގެ ޕްރިންސިޕަލްކަން، މައްސަލަ ނިންމާ ތާރީޚުން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 30 ދުވަސް ތެރޭގައި ހަމަޖެއްސުމަށް ސީއެސްސީގެ މައްޗަށް އަންގާފައެވެ. އަދި ފާޔާޒު މިނިސްޓްރީގައި މަސައްކަތް ކުރި މުއްދަތަށް ފިކްސްޑް އޯޓީގެ ގޮތުގައި ލިބެންޖެހޭ އޯޓީ ފައިސާއާއި މާލޭގައި ހުރި މުއްދަތަށް ކޮއްތު ފައިސާ ދިނުމަށް ވެސް ޓްރައިބިއުނަލުގެ ނިންމުމުގައި ކަނޑައަޅާފައިވެއެވެ. ނަމަވެސް ސީއެސްސީ ވަނީ ފަޔާޒަށް ދިނުމަށް ކަނޑައެޅި ފައިސާ ދިނުމަށްފަހު، ހާފިޒު އަޙުމަދު ސްކޫލުގެ ޕްރިންސިޕަލްކަން އަލުން ދޭން ޖެހޭ ހާލަތެއް ނެތްކަމަށް ބުނެ ޓްރައިބުނަލްގެ ނިންމުމާ ޚިލާފުވެފައެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު