މުޙައްމަދު ޙަމްދޫން (ޗިމީ) ޔޫތް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރގެ މަގާމަކަށް

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންފުޅުވާ މަޤާމުތަކަށް މީހުން އައްޔަންކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ އެގްޒެކްޓިވް ޑިރެކްޓަރުގެ މަޤާމަށް މުޙައްމަދު ޙަމްދޫން ހުސެއިން (ޗިމީ) އައްޔަން ކުރައްވާފައިވަނީ 17 އެޕްރީލް 2022 ވަނަ ދުވަހުއެވެ.
ޗިމީ އަކީ ފުވައްމުލަކު ވަރަށް ގިނަ ބަޔަކު ދަންނަ، މީހުންނާއި ގުޅޭ ރަށުގެ ކުޅިވަރާއި ގުޅުން ހުރި ގިނަ ކަންކަމުގައި އިސްނަގައިގެން މަސައްކަތް ކުރަމުން އަންނަ ޒުވާނެއް ކަން ފާހަނގަ ކުރެވެއެވެ. އަދި ޗިމީ ވަނީ މީގެ ކުރިން ފުލުހުންގެ އިދާރާގައި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ ވެސް އަދާކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިންވެސް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން ދެ މަޤާމަކަށް ދެބޭފުޅުން އައްޔަން ކޮށްފައެވެ. އެހެންކަމުން މިހާރު ޔޫތު މިނިސްޓްރީގެ ފުވައްމުލަކު ގޮފީގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ 3 ސިޔާސީ މަޤާމް އުފެދުނީއެވެ.