Advertisement
Advertisement

ޝިއާއު މަރާލާފައިވަނީ ފ. ނިލަންދޫ، ފިނިފެންމާގެ އުމުރުން 22 އަހަރުގެ ޢަލީ ސާހިލް

ޝިއާއު މުޙައްމަދު ސަޢީދު މަރާލި ފ. ނިލަންދޫ، ފިނިފެންމާގެ އުމުރުން 22 އަހަރުގެ ޢަލީ ސާހިލް ޝިއާއު މުޙައްމަދު ސަޢީދު މަރާލި ފ. ނިލަންދޫ، ފިނިފެންމާގެ އުމުރުން 22 އަހަރުގެ ޢަލީ ސާހިލް

ވަރަށް އަނިޔާވެރިގޮތަކަށް މަރާލާފައި ކަރުބުރިކޮށް އަދިވެސް އެތަކެއް ޒަޚަމްތަކަކާއި އެކު ފުވައްމުލަކު ޝިއާއު މުޙައްމަދު ސަޢީދު މަރާލާފައިވަނީ ފ. ނިލަންދޫ، ފިނިފެންމާގެ އުމުރުން 22 އަހަރުގެ ޢަލީ ސާހިލް އެވެ. ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މި ހާދިސާ ހިނގާފައިވާ ހ. ޝީރީން ވިލާ ވެރި ފަރާތުން 10:30 ހާ އިރުއެވެ. ކުޑައިރު ކޮޅެއްގެ ތެރޭގައި ފުލުހުންނާއި އާއްމުން އެއްވި އިރު އެޕާޓްމެންޓް ތެރޭގައި ވަނީ ހުރީ ހުސް ލޭ ކަމަށް މަންޒަރު ދުއް ފަރާތްތަކާއި ހަވާލާދީ ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ.

Advertisement

މި އަނިޔާވެރި އަމަލު ހިނގި ކަމަށް ބެލެވޭ ޢަލީ ސާހިލް އަކީ ސްކޭޓް ކުރަން މަޝްހޫރު  މީހެކެވެ. ސާހިލް ހައްޔަރު ކޮށްފައިވަނީ އޭނާ އުޅޭ އެޕާޓްމެންޓުން (ކުށުގެ ވެށިން)ނެވެ. ސާހިލް އަކީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މީހެކެވެ. 

ޝިއާއު ގެ ހަށިގަނޑުގެ އޮޓޯޕްސީ އެއް ހަދަން ވަނީ ނިންމާފައެވެ. އޮޓޯޕްސީ ހެދުމުން މަރާލެވުނު ގޮތާއި އަދި އޭގެ ފަހުން ކަން ހިނގައި ދިޔަގޮތް އެނގިގެންދާނެއެވެ.


Advertisement
ކިޔުންތެރިންގެ ހިޔާލު