2022 ނިމުނު އިރުވެސް ބަސް ހުއްޓިތަށް ހިޔާ ނުކުރެވުނު

2022 ނިމުނު އިރުވެސް ބަސް ހުއްޓިތަށް ހިޔާ ކުރާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
އާރް ޓީ އެލް ބަސް ދަތުރު ކުރާ ހުރިހާ ރަށެއްގެ ބަސް ސްޓޮޕް ތައް 2022 ނިމުމުގެ ކުރިން ހިޔާ ކުރެވޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވި ނަމަވެސް ބަސް ސްޓޮޕްތައް ހުރީ ހިޔާ ނުކުރެވިއެެވެ.
ފުވައްމުލަކުގައި ހުރި އެއްވެސް ބަސްހުއްޓިއެއް މިހާތަނަކަށް ހިޔާކޮށްފައި ނެތެވެ.
އާދަމް އާޒިމް މިހެން ވިދާޅުވީ އެމަނިކުފާނުގެ އަމިއްލަ ޓުވިޓަރ މެދުވެރި ކުރައްވާ 11.10.2022 ވަނަ ދުވަހު ކުރެއްވި ޓުވީޓެއްގައެވެ. މި ޕޯސްޓް ޝެއާރ ކޮށްފައި ހުރި ޕޯސްޓް އަދިވެސް ފޭސްބުކް ގައި ފެންނާން އެބަހުއްޓެވެ.
ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްގެން މުޅި ދިވެހިރާއްޖޭގައި ކަނޑު އަދި އެއްގަމު ދަތުރުފަތުރު ކުރުމުގެ ވައުދު ފުއްދުމުގެ މަސައްކަތް ކުރަމުންދަނީ އެމްޓީސީސީއިންނެވެ.
މިލިޔުން ކިޔާލުމުން