ފުވައްމުލަކުގައި މޯލްޑިވިއަންގެ ކޯލް ސެންޓަރެއް ހުޅުވައިފި

ފުވައްމުލަކުގައި މޯލްޑިވިއަންގެ ކޯލް ސެންޓަރެއް ހުޅުވައިފިއެވެ.
ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާޢިލް ރަފީޤް ވިދާޅުވީ މިއީ ފުވައްމުލަކަށް އިތުރުވި ވަޒީފާ ތަކެއް ކަމުގައެވެ. މި ކޯލް ސެންޓަރ ހުޅުއްވާ ދެއްވީ ނާއިބުރައީސް ފައިސަލް ނަސީމް އެވެ. ކޯލްސެންޓަރ ގެ ނަމްބަރަކީ 1671 އެވެ.
ޓްރޭޑްނެޓް، އެޗްޑީސީ، އަދި އެންސީއައިޓީގެ ކޯލްސެންޓަރުވެސް މިހާރު ފުވައްމުލަކުގައި ޤާއިމްވެފައި އެބަހުއްޓެވެ.
ލަފާ ކުރެވޭގޮތުގައި ކުރިއަށް އޮތްތަނުގައި ފުވައްމުލަކަށް އިތުރު ކޯލްސެންޓަރުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.
މިލިޔުން ކިޔާލުމުން