Advertisement

ރައީސް ޔާމީން އަށް 11 އަހަރުގެ ޖަލު ހުކުމް އިންސާފުވެރިތޯ؟

ކުރީގެ ރައީސް ޔާމީން ކުރީގެ ރައީސް ޔާމީން

ރައީސް ޔާމީންއަށް ކުރި ދައުވާގެ ޝަރީއަތް ނިމި 25 ޑިސެމްބަރ 2022 ވަނަދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށް ހުކުމް ތަންފީޒު ކުރަން ފަށާފައެވެ. މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ރައީސް ޔާމީނަށް ތާޢީދު ކުރާ ފަރާތްތަކާއި ނުކުރާ ފަރާތްތަކުން ދަނީ ތަފާތު ގޮތް ގޮތަށް ބަހުސް ކުރަމުންނެވެ. އެއް ބަޔަކު ބުނަމުންދަނީ ރައީސް ޔާމީންގެ ޝަރީއަތަކީ ބޭއިންސާފުން ގެންދިޔަ ޝަރީއަތެއް ކަމުގައެވެ. އަދި އެމަނިކުފާނު މިހާރުން މިހާރަށް ދޫކޮށްލަން ޖެހޭ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ރައީސް ޔާމީނަށް ކުރިއަށް ގެންދިޔަ ޝަރީއަތުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

Advertisement

ކޮންމެ ގޮތަކަށް ކަންކަން ހިނގައިގެން ދިޔަނަމަވެސް މިހާރު ރައީސް ޔާމީން ވަނީ ދޫނިދޫއަށް ގެންދެވިފައެވެ. 11 އަހަރުގެ ޖަލު ހުކުމަކާއި އެކު 5 މިލިޔަން ޑޮލަރު 6 މަސް ދުވަސް ތެރޭގައި ދެއްކުމަށްވެސް ވަނީ ހުކުމް ކޮށްފައެވެ. މި ފައިސާ ދައްކާނެތޯ ނޫންތޯ އެއީ އެހެން ސުވާލެކެވެ.  

އެއްވެސް މީހަކު ކުށެއް ކޮށް ސާބިތު ވެގެން ޖަލަށް ލެވުނީމަ އެއީ އޭނާއަށް ދެރައެއް ދެވުނީއެއް ނޫނެވެ. ކުށެއް ނުކުރާނަމަ ސާބިތު ކުރެވެން ވާނެއެވެ. އަދި މަންޒަރު ލޮލުން ދެކެފައިވާ އެންމެނަށް އެކަން ޔަގީންވާ މިންވަރަށް ފެންނަންވެސް ވާނެއެވެ. އުފެދޭ ސުވާލަކީ ކީއްވެތޯ އަމިއްލަފުޅަށް އަމިއްލަ އެކައުންޓަށް މިލިޔަނުން ޑޮލަރު ވަތް ކަމަށް އެތަށް ފަހަރަކު ގައުމުގެ އެއްމެން ކުރިމަތީގައި ވިދާޅުވާން ޖެހިވަޑައިގެންނެވީ؟ މިކަހަލަ ކިތަންމެ ކަމެއް ވޭތުވެގެން ދިޔަ 4 ވަރަކަށް އަހަރު ފެނިގެން ގޮސްފައި ވެއެވެ.

ތަރައްޤީގެ އެތަށް ގުނައެއް ފުރަ މާލެ ސަރަހައްދަށް ރައީސް ޔާމީންގެ ވެރިކަމުގައި ގެނެވިފައިވާ ކަމަށް ގިނަ ބަޔަކު ޤަބޫލް ކުރެއެވެ. ރައީސް ޔާމީނަށް ތާޢީދު ނުކުރާ ގިނަ ބަޔަކުވެސް މިކަން ޤަބޫލް ކުރެއެވެ. އެގޮތުން އައިޖީއެމްއެޗް އިމާރާތާއި ސިނަމާލެ ބުރިޖު ފެންނާން އެބަ އޮތެވެ.

ރައީސް ޔާމީންގެ ވެރިކަން ކުރި ދުވަސްވަރަކީ ދުނިޔޭގެ އިޤްތިސޯދު ވަރަށް ކުރިއަށް ޖެހިފައިވާ ދުވަސް ކޮޅެކެވެ. މިކަމުގެ ނާޖާއިޒް ފައިދާ އެންމެ އެދެވޭގޮތުގައި ނެގުމުގެ ބޭނުމުގައި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ 24 ގަޑިއިރު ތެރޭގައި ކޮށާ މަށާލިއެވެ. ފަޅުތަކާއި ގިރިތަށް އެތަށް އަަހަރަކަށް ވިއްކާލެވޭ ގޮތަށް ބަދަލުގެނައެވެ. މިހުރިހާ ކަމެއް ކުރަމުން ދިޔައީ ރައްޔިތުންގެ ގިނަ ބަޔަކު މުޒާހަރާ ކުރުމާއި އިހުތިޖާޖު ތަކަށް ބެލުމެއް ނެތިއެވެ. އޭރުގެ މަޖިލިސް މެމްބަރުން މަޖިލިސް ފާރުމަތިން ބޭރަށް އުކާލުމަށްފަހުއެވެ. މިހުރިހާ ކަމެއްގެ ނިވާފަތްގަޑަކަށް ވެގެން ހުރީ ރައީސް ޔާމީނު ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔައިރު ހުންގާނުގައި ހުންނެވީ އޭރުގެ ނާއިބް ރައީސްކަމުގެ މަޤާމުގައި ހުންނެވި އަޙުމަދު އަދީބް އެވެ. އަދީބް ވަނީ މި ހުރިހާ ކަމެއް އަދީބް ލައްވާ ކުރުވީ ރައީސް ޔާމީން ކަމަށް ތަހުޤީގުގައި ވިދާޅުވެފައެވެ. 


Advertisement
ކިޔުންތެރިންގެ ހިޔާލު
ޙަސަން ސައީދު
ތިޖެހޭނީ މަރުދުވަހާ ހަމައަށްވެސް ގޮޅީގަ ބާއްވަން