Advertisement
Advertisement

ބަންދުގައި ހުރެ އެކަށީގެންވާ ސިއްޙީ ފަރުވާ ނުލިބޭ ކަމަށް އާއިލާއިން ބުނި ޒުވާނާ ކޯޓުން ދޫކޮށްލައިފި

އަބްދުއްސަލާމް: އޭޑީކޭ އަބްދުއްސަލާމް: އޭޑީކޭ

ބަންދުގައި ހުރެ އެކަށީގެންވާ ސިއްޙީ ފަރުވާ ނުލިބޭ ކަމަށް އާއިލާއިން ބުނި ޒުވާނާ ކޯޓުން ދޫކޮށްލައިފިއެވެ.  

Advertisement

ޢަބްދުއްސަލާމް، ދޭކޯނާ، ފުވައްމުލައް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޮށްފައިވާ އަމުރު ކޯޓުން ބާތިލް ކުރުމާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަންސް އިން ވަނީ އޭނާ ބަންދުން ދޫކޮށްލައިފިއެވެ. 

ޢަބްދުއްސަލާމް ބަންދުން ދޫކުރި ކަމުގެ ލިޔުން އާއިލާއާއި ހަވާލުކޮށްފައިވަނީ 05-01-2023 ވަނަ ދުވަހު އެވެ. ބަންދު ކުރަން ހުކުމް ކޮށްފައިވަނީ 21-09-2021 ވަނަ ދުވަހު އެވެ. ޢަބްދުއްސަލާމް އަށް ކޮށްފައިވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކުރި ކަމުގެ ތުހުމަތެވެ.

މިހާރު އަބްދުއްސަލާމް ވަނީ ޢާއިލާ އާއި ހަވާލު ކޮށްފައެވެ. އަދި ޢާއިލާއިން މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ފުރުމުގެ މަސައްކަތެވެ. އާދީއްތަ ދުވަހު ފުރުމަށް ބޭނުންވާ ހުރިހާކަމެއްހެން މިހާރު ވަނީ ހަމަޖެހިފައި ކަމަށް ޢަބްދުއްސަލާމްގެ ބޭބެ ވަނީ މި ނޫހާއި ހިއްސާ ކޮަށްފައެވެ. މިހާރު އާސަންދަ އާއި ބޭނުންވާ އެހެނިހެން ހުރިހާ ލިޔެކިއުމެއް ވަނީ ލިބިފައި ކަމަށްވެސް ވަނީ ޢާއިލާއިން ބުނެފައެވެ. ނަމަވެސް އަދި ޕާސްޕޯޓް ނުލިބޭ ކަމަށްވެސް ޢަބްދުއްސަލާމްގެ ބޭބެ ބުންޏެވެ.

ޢަބްދުއްސަލާމް ގެ މައްސަލާގައި ހޯމް މިނިސްޓަރ އަދި ސަރުކާރުގެ އެކި ފަންތީގެ ވެރިންގެ ސަމާލުކަމަށް މިމައްސަލަ ގެނެސްދިނުމުގައި ފުވައްމުލަކު ގިނަ ރައްޔިތުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ޢަބްދުއްސަލާމް ދޫކޮށްލުމަށް ގޮވާލާ ޕޯސްޓް ތަކެއް ޝެއާރ ކޮށްފައެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު