Advertisement
Advertisement

ބެސްޓް ލާނިންގް ސެންޓަރުގެ ފަރާތުން ކުޑަކުދިންނަށް ލިޔަން ކިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް (ޖެމް) ފަށައިފި

ބެސްޓް ލާނިންގް ސެންޓަރުގެ ފަރާތުން ކުޑަކުދިންނަށް ލިޔަން ކިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް (ޖެމް) ފަށައިފިއެެވެ.

Advertisement

މި ޕްރޮގްރާމް ހިންގަން ހަމަޖެހިފައިވަނީ އުމުރުން 4 އަހަރާއި 7 އަހަރުގެ ދެމެދުގެ ކުދިންނަށެވެ. މި ޕްރޮގްރާމްގެ ބޭނުމަކީ އެއްވެސް ވަރަކަށް ލިޔަން ކިޔަން ނޭނގޭ ކުދިންނަށާއި ލިޔަން ކިޔުމުގައި ދަތިތައް ހުރި ކުދިންނަށް ޕްރޮގްރާމް ނިމޭއިރު ލިޔަން ކިޔަން ދަސްކޮށްދިނުމެވެ.

ޖެމް ޕްރޮގްރާމް ހިންގަން ހަމަޖެހިފައިވަނީ 6 މަސް ދުވަހުގެ މުއްދަތަކަށެވެ. ކްލާސްތައް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ހަފްތާ ބަންދުގައި ކަން ފާހަނގަ ކުރައްވަމުން ބެސްޓް ލާނިންގް ސެންޓަރުގެ އެކަޑަމިކް އިންޗާޖު ޝިޔާމާ އަބްދުﷲ ވިދާޅުވީ ޖެމްގެ ކުލާސްތައް ކުރިޔަށްދާނީ ހުކުރު ހޮނިހިރު 2 ދުވަހު އެވެ. މި ޕްރޮގްރާމުގައި ކިޔަވާ ދެއްވަނީ ފުވައްމުލަކަށް ނިސްބަތްވާ ކިޔަވާދިނުމުގެ ދާއިރާގައި ފުންނާބު އުސް ޓީޗަރުންކަން ޝިޔާމާ ފާހަނގަ ކުރެއްވިއެވެ. އަދި ކޮންމެ ކުލާހެއްގައި އެސިސްޓެންޓް ޓީޗަރަކުވެސް ހުންނާނެއެވެ.

ރަނގަޅަށް ލިޔަން ކިޔަން އެނގުމަކީ ކޮންމެހެން އެނގެން ޖެހޭ ކަމެއްކަން ޝިޔާމާ ފާހަނގަ ކުރައްވަމުން އިތުރަށް ވިދާޅުވީ މިފަހަކަށް އައިސް ފުދޭވަރަކަށް ގިނަ ކުދިން ކިޔުމަށާއި ލިޔުމަށް ދަށްކަން ފާހަނގަ ކުރެވޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުދިންގެ ކުރިއެރުމަށް ހުރަސްތަކެއް ހުންނާނެކަމީ ޔަޤީންވާ ކަމެކެވެ. އެހެންކަމުން ޅަ އުމުރުގައި ލިޔަން ކިޔަން ދަސް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށްވެސް ޝިޔާމާ ވިދާޅުވިއެވެ. އަދި އެކަމުގެ މަންފާ ދަރިވަރުންގެ މުޅި އުމުރަށްވެސް ކުރާތަން ފެންނާނެ ކަމަށެވެ.

ޖެމް ޕްރޮގްރާމްގެ އިތުރުންވެސް ތަފާތު ޕްރޮގްރާމްތައް ބެސްޓް ލާނިންގް ސެންޓަރުގެފަރާތުން މިހާރުވެސް ކުރިޔަށް ގެންދެއެވެ. އޭގެ ތެރޭގައި ޔޫސީމާސް، އޯލެވެލް މެތްސް ޕްރޮގްރާމް، ޕްރައިމަރީ ޓިއުޝަން އަދި ސެކަންޑްރީ މެތްސް ޓިއުޝަން ހިމެނެއެވެ.

ޖެމް ޕްރޮގްރާމްގެ މަހު ފީ އަކީ 400 ރުފިޔާއެވެ. މިހާރުވެސް ފުރަތަމަ ބެޗުގެ 2 ކުލާސް ކުރިއަށްދާއިރު ކޮންމެ ކުލާހެއްގައި 10 ކުދިން ބައިވެރިވެއެވެ. ޖެމް ޕްރޮގްރާމްގެ 2 ވަނަ ބެޗުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ތިރީގައިމިވާ ގޫގުލް ފޯމު ފުރުއްވައިގެން ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 9682090 ނުވަތަ 7972103

 

Advertisement
ކިޔުންތެރިންގެ ހިޔާލު