Advertisement
Advertisement

ދަ ހޯކްސް ފިއުލް ގެ ފަރާތުން ފުވައްމުލަކުގައި ފިއުލް ޝެޑެއް ހެދުމުގެ މަސައްކަތް ފަށަން ތައްޔާރު ވެއްޖެ.

ފޮޓޯ: ފޭސްބުކް ފޮޓޯ: ފޭސްބުކް

ދަ ހޯކްސް ފިއުލް ގެ ފަރާތުން ފުވައްމުލަކުގައި އެންމެ ޒަމާނީ ފެންވަރުގެ ފިއުލް ޝެޑެއް ހެދުމުގެ މަސައްކަތް ފަށަން ތައްޔާރު ވެއްޖެއެވެ.

Advertisement

"ރަށި ކަބަރޮ" އާއި ވާހަކަ ދައްކަމުން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އަދި ޑިރެކްޓަރ އޮފް ސޭލްސް އެންޑް މާކެޓިންގ ހުސެން އަމަން ވިދާޅުވީ ފުވައްމުލަކު ނައިބު ތުއްތު މަގުގައި ހުންނަ ހޯކްސް ފިއުލް ގެ ޝެޑް ޖެހެނީ އެއްކޮށް ތަޅާލާފައި އަލުން އެހެން އިމާރާތެއް އަޅަން ކަމަށެވެ. އެހެން ކަމުން ޚިދުމަތަށް ބުރު ނާރާނެހެން ރަށުގެ ކޮންމެވެސް އެހެން ސަރަހައްދެއްގައި ވަގުތީ ޝެޑެއް ހެދުމަށް ބޭނުންވާ ބިން ހޯދުމަށް ފުވައްމުލަކު ސިޓީއަށް ވާނީ ރަސްމީކޮށް ދަންނަވާފައެވެ. އަދި ކައުންސިލުގެ އެދިލެއްވުމުކަށް ބޭނުންވާ ބިމުގެ ބޮޑު ކުޑަމިންވެސް ވާނީ ޙިއްސާ ކުރެވިފައި ކަމަށް އަމަން ވަނީ ވިދާޅުވެފައެވެ.



މިކަމާއި ގުޅޭގޮތުން ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާޢިލް ރަފީޤް އާއި ގުޅާލުމުން ވިދާޅުވީ ތިކަމުގައި މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށާއި، އެގޮތުން ކައުންސިލުން ބަލަންޖެހޭ ބައެއް ކަންތަށް ބަލާފައި ވަރަށް އަވަހަށް ޖަވާބެއް ދެއްވާނެ ކަމަށެވެ. އިތުރަށް މޭޔަރ ވިދާޅުވި ގޮތުގައި ބިމެއް ދިނުމުގައި މިހާރު ބޭނުން ކުރާ ބިމުގެ ބަދަލުގައި އެހެން ސަރަހައްދެއް ވެސް ބަލަމުންދާ ކަމަށެވެ. ސަބަބެއް ކަމުގައި ވިދާޅުވީ މިހާރު ހުރި ތަނަކީ ނާއިބް ތުއްތު މަގާއި ވަރަށް ކާރީގައި ހުންނަ ތަނަކަށްވެފައި ބައެއް ފަހަރު މަގުން ދަތުރު ކުރާ ވެހިކަލްތަކަށް ދަތިތަކާއި ކުރިމަތި ލާން ޖެހޭކަން ފާހަނގަ ކުރެވޭތީ ކަމަށެވެ.



ދަ ހޯކްސް ފިއުލް އިން ވިދާޅުވާގޮތުގައި މި ޝެޑް އެއްކޮށް ތަޅާލާ ހަދަން ގާތްގަނޑަކަށް 8 – 12 މަސް ދުވަސް ނަގާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ބެލެވޭ ގޮތުގައި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މަސައްކަތުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި މަސައްކަތް ނިމިގެންދާއިރު 2 ޕެޓްރޯލް ޕަމްޕު އަދި ޑީސަލް 1 ޕަމްޕް ހުންނާނެ ކަމަށް އަމަން ވަނީ ވިދާޅުވެފައެވެ. ހަމަ އެއާއި އެކު އަމަން ވަނީ ވަރަށް އުފާވެރި ޚަބަރެއްވެސް ދެއްވާފައެވެ. އެއީ، ފުވައްމުލަކުގައިވެސް ހުޅުމާލޭގައި ދާދިފަހުން އެ ކުންފުނިން ހަދާފައިވާ ޝެޑުގައި ހުނަ ގޮތަށް ސެލްފް ސާވިސް ވެސް ލިބިގެންދާނެ ކަމަށެވެ. އެހެން ކަމުން މިއީ ފުވައްމުލަކު ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމެކެވެ. މިހާރުވެސް މި ޝެޑަށް ބޭނުންވާ އާ ޓޭންކްތަށް ވަނީ ހަދާ ނިމި ފުވައްމުލަކަށް ގެންނަން ތައްޔާރުވެފައެވެ. ކައުންސިލުގެ ޖަވާބެއް ލިބޭ ހިސާބުން މަސައްކަތުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ހޯކްސް އިން ވާހަކަ ދެއްކި އަމަން ވަނީ ވިދާޅުވެފައެވެ.



ހޯކްސް ގެ ފަރާތުން ފުވައްމުލަކުގައި 2 ޝެޑް ހިންގައެވެ އަދި ދެވަނަ ޝެޑް ހުންނަނީ ބަނދަރު ސަރަހައްދުގައެވެ. މިއީ މީގެ އަހަރުތަކެއް ކުރިން އެހެން ކުންފުންޏަކުން ހަދާފައި ހިންގަން ފެށި ދެ ޝެޑް ކަން ފާހަނގަ ކޮށްލަން ޖެހެއެވެ. މިތަން ވެސް ވަނީ ފުދޭވަރަކަށް ބާވެފައެވެ. ހައިވޭގައި ހުރި އިމާރާތް ނިމޭހާ އަވަހަކަށް ބަނދަރުގައި ހުރި ޝެޑްގެ މަސައްކަތް ފެށޭނެ ކަމަށްވެސް އަމަން ވަނީ ވިދާޅުވެފައެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު