Advertisement
Advertisement

ފުވައްމުލަކުގައި އަގުބޮޑު ޕީއެސް މުބާރާތެއް ފަށަން ތައްޔާރުވެއްޖެ

އަގު ބޮޑު އިނާމްތަކާއި އެކު ފުވައްމުލަކުގައި މިހާތަނައް ބޭއްވޭ އެންމެ އަގު ބޮޑު ޕީއެސް (ފީފާ) މުބާރާތް، “ SAWM PS TOURNAMENT 2023” އަންނަ ރޯދަމަހު ބާއްވަން ތައްޔާރުވެއްޖެއެވެ. 

Advertisement

މިމުބާރާތަކީ ފުވައްމުލައް ދޫނޑިގަން އަވަށު ޒުވާނުން ތަކެއް އިސްނަގައިގެން ބާއްވާ މުބާރާތެކެވެ. މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 25 މާރިޗު 2023 ގައެވެ. މި މުބާރާތުގައި އެންމެ ފަޚުރުވެރި 1 ވަނަ އިނާމަކަށް PS5 އެއް ދިނުމަށް ހަމަޖެހިފައިވާއިރު، ދެވަނަ އިނާމަކައް -/6000 އަދި ތިންވަނަ އިނާމަކައް -/3000 ލިބޭގޮތައް ވަނީ ހަމަ ޖެހިފައެވެ. އަދި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7897182 އަށް ގުޅައިގެން ނޫނީ ވައިބާރ މެދުވެރިކޮށް ލިބިގެން ދާނެއެވެ.

ފަހަކަށް އައިސް ދިވެހިރާއްޖޭގައި ޑިޖިޓަލް ނުވަތަ އޮންލައިން ގޭމް ކުޅޭ ޒުވާނުން ވަނީ އިތުރުވެގެން ގޮސްފައެވެ. އެގޮތުން ފުވައްމުލަކުގައި ވެސް ގިނަ ޒުވާނުންތަކެއް އޮންލައިން ގޭމް ކުޅޭކަން ފާހަނގަ ކުރެވެއެވެ. މި މުބާރާތް ކުރިއަށް ގެންދިއުމުގައި ވެސް ޒުވާނުންގެ އެއްބާރުލުން ލިބިގެންދާނެ ކަމަށް މި މުބާރާތް އިންތިޒާމް ކުރައްވާ ފަރާތުން އެދޭ ވަރަށް ބޮޑު އެދުމެކެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު