Advertisement
Advertisement

އެޑިޔުކޭޝަން މިނިސްޓަރ ފުވައްމުލަކު ސްކޫލް ތަކަށް ވަޑައިގެން ރައީސް އިބްރާހީމަށް ތާޢިދު ހޯދުމަށް މުވައްޒަފުންނަށް މަޖުބޫރުކުރަނީ!

ޑރ. އައިޝަތު އަލީ ޑރ. އައިޝަތު އަލީ

މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 09 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ތާއީދު ހޯދުމަށްޓަކައި މިމަހުގެ 30 ވަނަ ދުވަހު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބުރާހީމް މުޙައްމަދު ޞާލިހު ފުވައްމުލަކަށް ވަޑައިގެންނެވާތީވެ، އެދަތުރުގެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެމްޑީޕީގެ ފަރާތުން ފުވައްމުލަކަށް ކަނޑައަޅާފައިވާ ކޯޑިނޭޓަރ އެޑިޔުކޭޝަން މިނިސްޓަރ ފުވައްމުލަކަށް ވަޑައިގެންނެވިއެވެ. އެކަމަނާ ފުވައްމުލަކަށް ވަޑައިގެން އެކިއަވަށް ތަކުގައި މަސައްކަތްކުރާ އެމްޑީޕީގެ އެކްޓިވިސްޓުންނާއި ބައްދަލުކުރުމުގެ އިތުރަށް ރަށުގައި އުޅޭ ބައެއް ޒުވާން ކުދިންނާއި އަދި ސްކޫލް ތަކުގެ ވެރިން މެދުވެރިކޮށް ރައީސް އިބްރާހީމް ފުވައްމުލަކަށް ވަޑައިގަންނަވާ ދަތުރުގައި މަރުހަބާ ދެންނެވުމަށްޓަކައި އެއަރޕޯޓަށާއި، ރައީސް އިބްރާހީމް ފުވައްމުލަކުގައި ތިއްބެވި އެމްޑީޕީގެ ސަޕޯޓަރުންނާއި ބައްދަލު ކުރުމަށް ބޭއްވި ޖަލްސާއަށް ދިޔުމަށް ބާރު އަޅަމުން ގެންދެވިއެވެ. އަދި ދާދި ފަހުން ސްކޫލްތަކުގެ ޓީޗަރުން އަމަލު ކުރުމަށް ނިންމާފައިވާ ސްލޫކީ ގަވާއިދާ ޚިލާފަށް ރައީސް އިބްރާހީމް ބޭއްވި ޖަލްސާގައި ފުވައްމުލަކު ސްކޫލްގެ ޓީޗަރ ލިއުޝާ އިބްރާހީމް އަށް އައިޓަމެއް ހަމަޖައްސަވައި އެޖަލްސާގައި ރައީސް އިބްރާހީމަށް ކެމްޕޭން ކުރުމުގެ ގޮތުން ވަނީ ވާހަކަ ދައްކާފައެވެ.



ރައީސް އިބްރާހީމް ފުވައްމުލަކަށް ކުރި ދަތުރުގައި ލިބުނު ފިނި ތަރުހީބުގެ ސަބަބުން އެދަތުރުގައި ރާއްވަވާފައިވާ ބައެއް ކަންތައް ކެންސަލް ކުރުމަށްފަހު ޖުލައި މަހުގެ 31 ވަނަ ދުވަހު ވަރަށް ހެދުނުގައި ފުވައްމުލަކުން ފުރާވަޑައިގެންނެވިއެވެ. އަދި މިދަތުރުގައި ފުވައްމުލަކުން ލިބުނު ތަރުހީބު ދަށްކަމުން ރައީސް އިބްރާހީމް ހިތްހަމަނުޖެހުން ފާޅުކުރުމުން މިރަށަށް ކަނޑައަޅާފައިވާ ކޯޑިނޭޓަރ އެޑިޔުކޭޝަން މިނިސްޓަރ ފުވައްމުލަކުގައި މަޑުކުރައްވައި ދިރާސީ އާއަހަރަށް މިއަދު ސްކޫލް ތަކަށް ޓީޗަރުން ނިކުތުމުން އެކަމަނާއާއި އެޑިޔުކޭޝަން މިނިސްޓަރގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދު އަޙްމަދު ވަނީ ފުވައްމުލަކުގެ ހުރިހާ ސްކޫލް ތަކަށް ވަޑައިގެން އެސްކޫލް ތަކުގެ މުވައްޒަފުންނާއި ބައްދަލުކޮށް ރައީސް އިބްރާހީމްގެ ދައުރުގައި ޓީޗަރުންގެ މުސާރަ ބޮޑުކުރި ވާހަކައާއި، ސްކޫލްތަކުގެ އުމްރާނީ ތަރައްޤީއަށް މަޝްރޫޢުތައް ހިންގި ވާހަކާގެ އިތުރަށް ރައީސް އިބްރާހީމްގެ ޒައާމަތުގައި ރާއްޖެއަށް ކުރިއެރުން ލިބެމުންދާކަން ފާހަގަކޮށް މިތަރައްޤީ ދެމެހެއްޓުމަށްޓަކައި ރައީސް އިބްރާހީމަށް އިތުރު ދައުރެއް ދޭންޖެހޭ ކަމަށާއި އެކަމުގައި ސްކޫލްތަކުގެ މުވައްޒަފުންގެ އެއްބާރުލުން ދިނުމަށް އެދިވަޑައިގަންނަވާފައެވެ.



ސްކޫލްތަކުގެ
ޓީޗަރުން ސިޔާސީ ކަންކަމާއި ދުރުހުލިވެ ތިބެ ހަމަހަމަކަމާއެކު ޚިދުމަތް ކުރުމުގެ
ރޫހުގައި ޓީޗަރުންގެ ކޯޑްއޮފް ކޮންޑަކްޓް ނެރުނުތާ 01 މަސް ދުވަސް ފާއިތު ނުވަނީސް
ސްކޫލް ތަކުގެ ޓީޗަރުން ސިޔާސީ ކަންކަމުގެ ތެރެއަށް ވައްދައި ރައީސް އިބްރާހީމަށް
ތާއީދު ކުރުމަށް ބާރު އެޅުމުގެ ގޮތުން އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝާތު ޢަލީ
ކުރަމުންދާ މިދާ ނާތަހްޒީބީ މަސައްކަތަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
Advertisement
ކިޔުންތެރިންގެ ހިޔާލު