ފުވައްމުލަކުން ރައީސް ސާލިހަށް ލިބި ވަޑައިގަތީ %43.49 ވޯޓް

ދިވެހި ރާއްޖޭގެ 8 ވަނަ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމަށް ހޮވި ވަޑައިގެންނެވި ޑރ. މުޙައްމަދު މުއިޒް އަދި އަނބި ކަނބަލުން. ދިވެހި ރާއްޖޭގެ 8 ވަނަ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމަށް ހޮވި ވަޑައިގެންނެވި ޑރ. މުޙައްމަދު މުއިޒް އަދި އަނބި ކަނބަލުން.

ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަށް މުޅި ފުވައްމުލަކުން ލިބި ވަޑައިގަތީ %43.49 ވޯޓް ކަމަށް މިހާތަނަށް ގުނި ވޯޓް ފޮށިތަކުން ދައްކައެވެ. ބާކީ މިވަގުތާއި ހަމަޔަށް ނުގުނާ ހުރީ އެންމެ ފޮއްޓެކެވެ. އެހެންކަމުން މި ނަތީޖާއަށް މާބޮޑު ބަދަލެއް އަންނާނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ.

ފުވައްމުލަކުން އިބްރާހިމް މުޙައްމަދު ސާލިހް އަށް ލިބިވަޑައިގަތީ 3064 ވޯޓެވެ. އަދި ޑރ. މުޙައްމަދު މުއީޒް އަށް 3982 ވޯޓު ލިބުނެވެ. މިއީ ވޯޓުލީ ނިސްބަތުގެ %56.57 ޕަސެންޓެވެ. އަދި އިބްރާހިމް މުޙައްމަދު ސާލިހް އަށް ލިބިވަޑައިގެންނެވީ %43.49 ޕަސެންޓު ވޯޓެވެ. ތަފާތު ހިސާބު ތަކަށް ބަލާލާއިރު ފުރަތަމަ ބުރައްވުރެ 918 ވޯޓު ޑރ. މުއިޒް އަށް ފުވައްމުލަކުން ވަނީ މިފަހަރު ލިބިފައެވެ.

ފުރަތަމަ ބުރުގައި އިބްރާހިމް މުޙައްމަދު ސާލިހް އަށް ފުވައްމުލަކުން ލިބިވަޑައިގަތީ 2524 ވޯޓެވެ. އަދި ޑރ. މުއިޒް އަށް ފުވައްމުލަކުން ލިބިވަޑައިގެންފައިވަނީ 3049 ވޯޓެވެ. އެހެން ކަމުން ދެވަނަ ބުރުގައި ފުވައްމުލަކުން ދެބޭފުޅުންނަށްވެސް ފުރަތަމަ ފަހަރަށްވުރެ ގިނައިން ވޯޓުލިބިވަޑައިގެން ފައިވެއެވެ. މީގެ ސަބަބަކީ ގިނަ ބަޔަކު ވޯޓު ލާން ނިކުތުމެވެ. ވޯޓު ލާން މިފަހަރު ވަރަށް ގިނަ ބަޔަކު ރީރެޖިސްޓަރ ވެސް ކުރިކަން އިލެކްޝަންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިހާރު ގިނަ ބަޔަކު ދަނީ ޑރ. މުއިޒް އަށް ގިނަ ބަޔަކު އަންނަނީ މަރުހަބާ ދަންނަވަމުންނެވެ. އޭގެ ތެރޭގައި ދަ ޑިމޮކްރަޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވެސް ހިމެނެއެވެ. ޕީޕީއެމް އޮފީސް ކުރިމަތީގައި އުފާ ފާޅުކުރަމުން ވެސް މިހާރުވެސް އެބަދެއެވެ. މި އިންތިޚާބަކީ ހުރިހާ ގޮތަކުންވެސް ތަފާތު އިންތިޚާބެއްކަން ފާހަނގަ ކޮށްލަން ޖެހެއެވެ. ސަބަބަކީ ރައްޔިތުން ބުނާގޮތުން އިބްރާހިމް މުޙައްމަދު ސޯލިހްގެ ވެރިކަމުގައި ހިނގާފައި ހުރި ކޮރަޕްޝަން ތަކާއި، ރައީސް ނަޝީދަށް ކުރި ފުރައްސާރަ އަދި މަރާލަން ދިން ހަމަލާ ނުބަލާ ދޫކޮށްލުމާއި ރައީސް ޔާމީނަށްދޭ އަނީޔާތަކާއި ދެކޮޅަށް ރައްޔިތުން ނިކުމެ ދިން ވޯޓެއް ކަމަށް ގިނަ ބަޔަކުު އިއްތިފާޤް ވެއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު