Advertisement
Advertisement

"ހިތުގެ ފަރޮވާށަ އަވާސްދުވަން"

"ހިތުގެ ފަރޮވާށަ އަވާސްދުވަން"

"ހިތުގެ ފަރޮވާށަ އަވާސްދުވަން" ފާރޫކް ހެލްތް ކެއާރއިން ސިއްހީ ދުޅަހެޔޮކަމަށް މީހުން ހޭލުންތެރި ކުރުމާއި ހާއްސަކޮށް ހިތުގެ ބައްޔާއި ހާޓް އެޓޭކްފަދަ ކަންކަމަށް ރައްޔިތުން އަހުލުވެރިކުރުވުމަށް "ހިތުގެ ފަރޮވާށަ އަވާސްދުވަން" ގެ ނަމުގައި މާދަމާ ހަވީރު ވަރަށް ހާއްސަ ދުވުމަކާއި, ހިގުމާއި އަދި މެޑިކަލް ކޭމްޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތާއި ގުޅިގެން ފާރޫކް ހެލްތްކެއާރގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ ނައުހާ މައުލޫމާތު ދެއްވިގޮތުގައި ފާރޫކް ހެލްތް ކެއާރއިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ފުވައްމުލަކު ރައްޔިތުންނަށް އިތުބާރު ހިފޭ ފުރިހަމަ ބޭސްފަރުވާގެ އިންތިޒާމް އަމައްލަ ރަށުގައި ތިބެގެނެ ލިބޭނެ ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމާއި ސިއްހީ ކަންތައްތަކަށް މީހުންއަހުލުވެރިކުރުވުމާއި ދުޅަހެޔޮ ސިއްހަަތާއި ގުޅުން ހުރި ހަރަކާތްތަކާއި މައުލޫމާތު ފޯރުކޮށްދިނުންކަމުގައެވެ.

މާދަމާ ހަވީރު 16:00 ގައި މާނޭރެ ސަރަހައްދުން މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވާއިރު، ފާރޫކް ހެލްތްކެއާރގެ ތަފާތު ހިދުމަތްތަކުގެ މައުލޫމާތާއި ބަައެއް ހިދުމަތްތައްވެސް ހިލޭ އެތަނުން ލިބިގެންދާނެކަމަށްވެސް ނައުހާ ވިދާޅުވިއެވެ.

މި އިވެންޓަކީ ފާރޫކް ހެލްތްކެއާ އާއި ފުވައްމުލައް ސިޓީ ޕޮލިސް އަދި އެމްއެންޑީއެފް ގުޅިގެން ކުރިއަށް ގެންދެވޭ ހަރަކާތެކެވެ.

އެގޮތުން ލޭގައި ހަކުރު ހުރި މިންވަރު ބެލުމާއި، ލޭގެ ޕްރެޝަރ ޗެކް ކުރުން، ހަކުރު ބައްޔާއި ބެހޭ މައުލޫމާތު ދިނުމުގެ އިތުރުން ހަށިގަނޑުގައި ސަރުބީހުރި މިންވަރު ދެނެގަތުމާއި ދަތުގެ ފަރުވާގެ މައުލޫމަތު، ނަފްސާނީ ބައްޔާބެހޭ މައުލޫމާތު އަދި ފާރުކް ހެލްތް ކެއާރގެ ސްޕޯޓްސް އަދި ފިރިއޯތެރަޕީ އެސެސްމަންޓް ހިލޭ ހެދިގެންދާނެއެވެ.

ފާރޫކް ހެލްތް ކެެއާރ އަކީ 1986 ފެށިގެން ފުވައްމުލަކު ރައްޔިތުންނަ ފަސޭހަ އަދި އިތުބާރު ހިފޭ ބޭސް ފަރުވާގެ ހިދުމަތް ފޯރުކޮށްދިނުުގައި ފާހަގަކޮށްލެވޭ ޓީމެކެވެ .3D ސްކޭން ހިދުމަތާއި ބޭސްފިހާރައިގެ ހިދުމަތް، ލެބޯޓްރީ، ސްޕޯޓްސް ތެރެޕީއާއި ފިޒިއޯތެރަޕީ، ސްޕީޗް ތެރަޕީ، މެންޓަލް ހެލްތް ނުވަތަ ނަފްސާނީ ބަލީގެ ހާއްސަފަރުވާގެ އިތުރުން އެތެރެ ހަށީގެ، ކަރުން މަތީގެ، އަންހެނުންގެ، ކުޑަކުދިންގެ، ނާރުގެ، ކިޑްނީގެ، ކަށީގެ ސްޕެޝަލިސްޓް ޑޮކްޓަރުން ކޮންމެ މަހަކު ޒިޔާރަތްކޮށް މި ކްލިނިކުގައި ފަރުވާދެއްވާއިރު ދަތުގެ އެންމެ ފުރިހަމަ ފަރުވާ އެންމެ ޒަމާނީ ވަސީލަތްތަކާއި ދަތުގެ އެންމެ މޮޅު ޑޮކްޓަރުންނާއި އެކު ދާއިމީކޮ ފާރުކް ހެލްތް ކެއާއރ އިންލިބެންހުންނާނެއެވެ.


ޚާއްސަ ޙިދުމަތް ތަކުގެ ތެރޭގައި:

ނަރުގަނޑު އެޅުވުން

ދަތްޕިލަ ޖަހައި ދިނުމާއި ދަތަށް ދޯރި ލެއްވުން

ރޫޓް ކެނަލް

ދަތް ނެގުމާއި ފުޓުނި އެޅުން

ދަތް ސާފު ކުރުމާއި ޕޮލިޝް ކުރުން

ކުޑަކުދީންގެ ދަތުގެ ފަރުވާ

ހިރުގަނޑުގެ ބަލިތަކުގެ ފަރުވާ

ދަތުގެ އެކްސްރޭ

އެމަޖެންސީ ފަރުވާ

ލޭޒާގެ ފަރުވާ

ދަތުގެ އެކްސްރޭ!

"ހިތުގެ ފަރޮވާާށަ އަވާސް ދުވަން"

މި ދުވަުން ނިންމާލުމުގެ ގޮތުން އަޅުގަނޑުމެންގެ ދުޅަހެޔޮ ސިއްހަތަށާއި ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަށް ފުރިހަމަވެގެންވާ ނަޞްރަކުން ނަޞްރުދެއްވުން އެދި ކެރެވިގެންދާ ހާއްސަ ދުއާއެއް ކުރުމަށް ހަމަޖެހިފައިވުމާއެކު ވީހާވެސް ގިނަ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވެ ދެއްވުމަށް ފާރޫކް ހެލްތްކެއާރގެ ޓީމުން ވަނީ އެދިފައެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު