ހުޅުމާލޭގައި ލޮރީއަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގައިފި

އައިޝް
ފޭސް1 އަދި ފޭސް2 ގުޅުވާލާ ބްރިޖް ފޭސް1 އަދި ފޭސް2 ގުޅުވާލާ ބްރިޖް

ހުޅުމާލޭގައި ލޮރީއަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ދާދި ދެންމެއަކު ހުޅުމާލޭ ފޭސް1 އަދި ފޭސް2 ގުޅުވާލާ ބްރިޖް މަތީގައި އެކްސިޑެންޓެއް ހިނގައި، މިވަގުތު ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައިވަނީ ބްރިޖްމަތިން ދުއްވަމުންދިޔަ ލޮރީއަކާއި ސައިކަލެއް ޖެހިގެން ކަމަށެވެ.

އަދި މި އެކްސިޑެންޓުގައި ސައިކަލް ދުއްވި މީހާއަށް ޒަޚަމްތަކެއް ލިބުނުކަމަށާއި، އަދި މިވަގުތު އޭނާއަށް ދަނީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ސައިކަލް ދުއްވަން އިނީ 24 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން ދަނީ މި އެކްސިޑެންޓް ހިނގާ ދިޔަގޮތް އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު