ފުވައްމުލަކާއި އައްޑޫގެ ނޭޗާ ޕާކުތައް ޔޫއެންޑީޕީގެ އެހީގައި މަރާމާތުކުރަނީ

ފުވައްމުލަކާއި އައްޑޫގެ ނޭޗާ ޕާކުތައް ޔޫއެންޑީޕީގެ އެހީގައި އަލުން މަރާމާތުކުރުމަށް އެންވަޔަރުމަންޓް މިނިސްޓްރީން އެއްބަސްވުމެއްގައި މިއަދު ސޮއިކުރަނީ. ފުވައްމުލަކާއި އައްޑޫގެ ނޭޗާ ޕާކުތައް ޔޫއެންޑީޕީގެ އެހީގައި އަލުން މަރާމާތުކުރުމަށް އެންވަޔަރުމަންޓް މިނިސްޓްރީން އެއްބަސްވުމެއްގައި މިއަދު ސޮއިކުރަނީ.

ފުވައްމުލަކާއި އައްޑު ސިޓީގެ ނޭޗާ ޕާކުތައް އަލުން މަރާމާތު ކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ ސަރުކާރާއި، ޔޫއެންޑީޕީ އަދި އައްޑޫ ސިޓީ ކައުންސިލާއި ފުވައްމުލަކު ސިޓީ ކައުންސިލުންނެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރުމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ.

މި މަޝްރޫއަކީ ގްލޯބަލް ފަންޑް ފޯ ކޯރަލް ރީފްސް (ޖީއެފްސީއާރު) އިން ފަންޑުކޮށްގެން ހިންގާ މޯލްޑިވްސް ޕްރީފް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫއުގެ މަގުސަދަކީ އައްޑޫ އަދި ފުވައްމުލަކު ނޭޗާ ޕާކު މަރާމާތުކޮށް ތަރައްގީކުރުމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ އައްޑޫ އަދި ފުވައްމުލަކު ނޭޗާ ޕާކުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމުގެ މުހިންމުކަން އިތުރަށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ދެ ސިޓީގެ ފަތުރުވެރިކަމަށާއި، ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި މަޝްރޫއުގެ ސަބަބުން އައްޑޫ އަދި ފުވައްމުލަކުގެ ގުދުރަތީ ރީތިކަން އިތުރަށް ފާހަގަކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު