ޖޫނިއަރ ސާފިންގ ޗެމްޕިއަންޝިޕް: އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އާލިޔާ ލަޠީފް ހޯދައިފި.

އައިޝަތު

ފުރަތަމަ ފަހަރަށް ޖޫނިއަރ ސާފިންގ ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަން ކުރިއަށް ގެންގޮސްފައިވާ އިރު، މި ޑިވިޝަންގައި ކުރިއަށް ގެންގޮސްފައިވަނީ 18 އަހަރުން ދަށުގެ ކެޓަގަރީ އެކަންޏެވެ.

Advertisement

އެންމެ ފުރަމަ ބޭއްވުނު ޖޫނިއަރ ސާފިންގ ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އާލިޔާ ލަޠީފް ހޯދާފައި މިވަނީ ފައިނަލް ހީޓުގައި ޖުމްލަ 10.23 ސްކޯ އެއް ހޯދައިގެންނެވެ.

ހަތަރު ރާޅާ އެޅުންތެރިން ވާދަކުރި ފައިނަލް ހީޓްގައި އާލިޔާ، ހަ ރާޅު ދުއްވާފައިވާ އިރު، އެންމެ ރަނގަޅު ސްކޯއެއް އާލިޔާ އަށް ލިބިފައިވަނީ ތިން ވަނައަށް ދުއްވި ރާޅުންނާއި ހަ ވަނައަށް އަށް ދުއްވާފައިވާ ރާޅުންނެވެ. ފައިނަލް ހީޓްގައި އާލިޔާ ތިންވަނައަށް ދުއްވާލި ރާޅަށް 4.23 ގެ ސްކޯއެއް ލިބިފައިވާ އިރު، ހަވަނައަށް ދުއްވި ރާޅުން އާލިޔާއަށް 6.00 ގެ ސްކޯ އެއް ލިބިފައިވެއެވެ.

ޖޫނިއަރ ސާފިންގ ޗެމްޕިއަން ޗިޕްގެ އަންހެން ޑިވިޝަންގެ ދެވަނަ ހޯދާފައިވަނީ ޖުމްލަ 7.67 ގެ ސްކޯއެއް ލިބިގެން އައިޝާ ތާރާ ވާޞިފް އެވެ.

3.86 ގެ ސްކޯއެއް ހޯދައިގެން އަލައިކާ ޢަބްދުލް ޢަލީމަށް ވަނީ މި މުބާރާތުން ތިންވަނަ ލިބިފައިއެވެ. 

މި މުބާރާތުގައި މުޅިން އަލަށް އަންހެން ޑިވިޝަން ކުރިއަށް ގެންގޮސްފައިވާއިރު އަންހެން ޑިވިޝަންގައި ހަ ރާޅާ އެޅުންތެރިން ވާދަ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު