ފުވައްމުލައް ސީޓީގައި "ޓޯޗް ރަން" ބާއްވަނީ

އައިޝަތު
ދުންފަތާއި ދުރުހެލި ވަމާ ދުންފަތާއި ދުރުހެލި ވަމާ

ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ ޕްރޮގްރާމް ފެއްޓުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޓޯޗް ރަން" ފުވައްމުލަކުގައިވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 31 އޮކްޓޯބަރ 2025 ވާ ހުކުރު ދުވަހު (މިއަދު) ހަވީރު 04:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި ދުވުން ކުރިއަށް ދާނީ ފުވައްމުލައް ސީޓީގެ ޣާޒީ މަގުން އިރަށްގޮސް ބަހާރުމަގުގެ އުތުރަށް ގޮސް ނަރުގިސްމަގުން ހުޅަނގަށް ގޮސް، އޯކިޑްމަގުން އުތުރަށް ގޮސް، މަސްޖިދުލް އިނާރާ ކުރިމަތިން ނަސްރީން ގޯޅިން ދެކުނަށް ގޮސް، ފީނދިފަންނުމަގުން ހުޅަނގަށް ގޮސް، ނައިބު ތުއްތު މަގުން ދެކުނަށް ގޮސް، މާނޭރަށް ނިންމާ ގޮތަށެވެ. 

މި ދުވުމުގެ ޙަރަކާތުގައި ބައިވެރި ވުމަށް ފުވައްމުލަކުގެ ސްކޫލްތަކުގެ ދަރިވަރުންނާއި، އެހެނިހެން މުއައްސަސާތަކުގެ މުއައްޒަފުންގެ އިތުރުން ކްލަބް ޖަމްޢިއްޔާ ތަކާއި، މި ދުވުމުގައި ބައިވެރިވާން ބޭނުންވާ މިސިޓީގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މި ދުވުން ފުވައްމުލަކު ސިޓީގައި ބޭއްވުމުގެ އެންމެހައި އިންތިޒާމްތައް ކުރިއަށް ގެންދަވަނީ ފުވައްމުލަކު ހޮސްޕިޓަލުންނެވެ. ދުވުން ފެށުމަށް ހަމަޖެހިފައިވަނީ މާނޭރުންނެވެ.

ކިޔުންތެރިންގެ ހިޔާލު