Advertisement
Advertisement

ތިންމީހުން އަރުވައިގެން ބޭރުމީހުން ސައިކަލް ދުއްވުން ޢާއްމުވަނީ!

ފޮޓޯ: ފޭސްބުކް ފޮޓޯ: ފޭސްބުކް

ދިވެހި ރާއްޖޭގައި ހައްލުކުރަން އެންމެ އުނދަގޫ އެއް މައްސަލައަކީ ބިދޭސީންގެ މައްސަލަ އެވެ. މިކަމަށް ޒަމާންތަކެއް ވެގެންދިޔަ އިރުވެސް ހައްލެއް ގެނެވިފައެއް ނުވެއެވެ.

Advertisement

މިކަމަށް އަނެއްކާވެސް އިތުރު ބޮޅެއް މިހާރު މިވަނީ އިތުރުވެގެން ގޮސްފައެވެ. މިހާރު އެންމެ ބާރަށް ސޯޝަލް މީޑިއާގައި ފުވައްމުލަކު ރައްޔިތުން ދައްކާ އެއްވާހަކަ އަކީ ބިދޭސިންވީމަ 3 މީހުން އަރުވައިގެން ސައިކަލް ދުއްވުން ހުއްދަވީ ތޯއެވެ. ދިވެހިރާއްޖޭގެ ގިނަ ބަޔަކު އަބަދުވެސް ދަތުރުކުރާ އެއް ގައުމަކީ އިންޑިއާއެވެ. މިވަގުތު ދިވެހިރާއްޖޭގެ ގިނަ ގެސްޓް ހައުސްތަށް މިވަނީ އިންޑިއާ ފަތުރުވެރިން އައިސް ފުރާލާފައެވެ. ހޮޓެލްތަށް ފުރިގެން އާއްމުން ދިރިއުޅޭ ގެތަކުގަވެސް މި މީހުން ބައިތިއްބަން ފަށާފައެވެ. މިއީ ހަމައެކަނި ފުވައްމުލަކުގެ ހާލަތެއް ނޫނެވެ. މުޅި ދިވެހިރާއްޖޭގެ ގެސްޓު ހައުސް އެއް ހުރި ހުރިހާ ރަށެއްގެ ހާލަތެވެ.

ސައިކަލް ދިވެހި ރާއްޖޭގައި ދުއްވުމަށް ރަޖިސްޓްރީ ކުރެވިފައިވަނީ 2 މީހުންނަށް ދުއްވޭ އުޅަނދެއްގެ ގޮތުގައެވެ. މިކަން ނޭގޭނެ އެއްވެސް ދިވެއްސަކު ހުންނާނެ ހެން ހީނުވެއެވެ. ނަމަވެސް އަވައްޓެރި އިންޑިއާގައި ކަންކުރަނީ އެހެންނެއް ނޫނެވެ. 3 މީހުން ނުވަތަ 4 މީހުންވެސް އެރޭ ކަމުގައިވަނީނަމަ އަރައިގެން ދުއްވައެވެ. މިހާރު ފުވައްމުލަކުގައި އާއްމުކޮށް ދުވާލު ގަޑިތަކުގައިވެސް ބިދޭސިން 3 މީހުން އަރުވައިގެން ދުުއްވަނީއެވެ. މިކަމާ ކަނބޮޑުވާތަން ފެންނަނީ ރަށު ރައްޔިތުންނެވެ. އެއީ 3 މީހުން އަރުވައިގެން ދުއްވީމަ ޖުރުމާނާ ކޮށް ލައިސަންސް ހިފަހައްޓާތީއެވެ. ނަމަވެސް ބިދޭސިންނާއި ދޭތެރޭގައި މިފަދަ ފިޔަވަޅުތަކެއް އެޅޭނެބާއޭ މިއީ ރައްޔިތުން ކުރާ ސުވާލެކެވެ.

މިކަމާއި ގުޅިގެން ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވީ މިހާރުވެސް ފުލުހުންނަށް މިކަން ފާހަނގަވެގެން ބަލަމުންދާ ކަމަށެވެ. އަދި މިގޮތަށް ދުއްވާމީހުން މަޑުކުރުވާ ސުވާލުކުރުމުން އެމީހުން ބުނަނީ އެ މީހުންނަކަށް އެ މަޢުލޫމާތު ދީފައި ނެތް ކަމަށެވެ. މި ކަން މިހެން ހިނގާނަމަ މިއީ ވަރަށް ދެރަ މައްސަލައެކެވެ. ސަބަބަކީ ފަތުރުވެރިން ގެންނަ ފަރާތްތަކުން މިފަދަ ޤާނޫނީ ކުށްތަކުގެ ވާހަކަ ބުނެދިނުމަކީ އެންމެ ބޭސިކް ކަންތަކެވެ. އެހެންކަމުން މިކަމުގައި ގެސްޓްހައުސް ހިންގާ ފަރާތްތަކުން އިސް ދަޢުރެއް އަދާކުރުމަކީ މުޙިންމު ކަމެއް ކަމުގައި ދެކެމެވެ.

"ރަށި ކަބަރޮ" އަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މިހާރު ފުވައްމުލަކު ޕޮލިސްޓޭޝަނަށްވެސް ވަނީ ބައެއް މަސައްކަތްތަކެއް ކުރެވި އެގޮތަށް ފެންނަ މީހުން ހުއްޓުވާ ސުވާލުވެސް ކޮށްފައެވެ. އެގޮތަށް ހުއްޓުވާ ސުވާލުކުރުމުން އެމީހުން ބުނަނީ އެފަރާތްތަކަށް ގެސްޓްހައުސް ތަކުން މަޢުލޫމާތު ދީފައި ނުވާކަމަށެވެ. އެހެންކަމުން މިފަދަ ކަންކަން ހައްލުކުރުމަށް އަޅުގަނޑުމެން ބޭނުންނަމަ ރަށަށް އަރާ ފަތުރުވެރިންނަށް މި މަޢުލޫމާތު ދިނުމަކީ ފަރުދީގޮތުންވެސް އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް ކަމުގައި ދެކެންވާނެއެވެ. 

ފޭސްބުކްގައި މިކަމުގެ ކަންބޮޑުވުން މިހާރު އިތުރުވާ މަންޒަރު މިހާރު ކޮންމެ ދުވަހަކު ފެންނަމުން އެބަދެއެވެ. އެހެންކަމުން މިކަމަކީ ފުލުހުން އެކަނި އުޅެގެން ހުއްޓުވޭނެ ކަމެއް ނޫނެވެ. މިކަމުގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކުން ވެސް ޒިންމާތަކެއް ނަގަން އެބަޖެހެއެވެ. ސަބަބަކީ ޓުއަރިސްޓުންގެ ގޮތުގައި އައުމަށްފަހު އެބައިމީހުންނަށް ރަށާއި، ދިވެހި ރާއްޖޭގެ ޤާނޫނުތަކުން މަނާކުރާ ކަންކަން އެނގެން ޖެހެއެވެ. އެހެންނޫނީ މިފަދަ އެތަކެއް މައްސަލަ ފެންމަތި ވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު