"ފައިސަލް ފައުންޑޭޝަން" މިހާރު ކޮބާ؟
1990 ގެ އަހަރުތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ވަކިން ޚާއްސަކޮށް ފުވައްމުލަކުގައި ފައިސަލް ފައުންޑޭޝަންގެ ހަރަކާތެއް ނުފެންނަ އަހަރެއް މަދުވާނެއެވެ. މިކަން މިގޮތަށް ދެމިގެން ގޮސްފައިވަނީ 2018 ވަނަ އަހަރާއި ހަމަޔަށެވެ.
ދެން ބަލާލަން ބޭނުންވަނީ މިހާރު ނުފެންނަނީ ކީތްވެގެންތޯއެވެ. ފުރަތަމަ ބަލާލަމާ ފައިސަލް ފައުންޑޭޝަނަކީ ކޮބާތޯއެވެ.
ފައިސަލް ފައުންޑޭޝަންއިން ކުރި ކަންތަކުގެ ތެރޭގައި ސްކޫލްތަކުގެ ލެބޯޓަރީއަށް ބޭނުންވާނެ ސާމާނާއި ކޮމްޕިއުޓަރ ސިސްޓަމްތަކާއި އަދި މިނޫނަސް ވަރަށް ގިނަ ސާމާނު ދާދި ފަހަކާއި ޖެހެންދެންވެސް ލިބެމުން ދިޔައެވެ. އަދިވެސް މަދަހަ، ޤުރުއާން މުބާރާތް، ފުޓުބޯޅަ މުބާރާތްތަށް ފާހަނގަ ކޮށްލެވެއެވެ. ސުވާލަކީ މިހާރު މިމަންޒަރު ނުފެންްނަނީ ކީތްވެތޯއެވެ. މިހާރު މިގޮތަށް ބޭނުންޖެހިފައި ހުރި ސްކޫލެއް ނުވަތަ އިމާރާތެއް ނެތީތޯއެވެ. މިއީ ރައްޔިތުންގެ ހިތުތެރޭގައި އުފެދޭ ސުވާލެކެވެ. މިސުވާލްތަކުގެ ޖަވާބު އެ ރައްޔިތުން ބޭނުންވާނެއެވެ.
ބައެއް ރައްޔިތުން ތުހުމަތު ކުރާގޮތުގައި އޭރު ފައުންޑޭޝަނެއްގެ ގޮތުގައި ހިންގަމުން އައީ ވަކި ބޭނުމެއްގައެވެ. މިހާރު ފައުންޑޭޝަނުގެ މާބޮޑު ބޭނުމެއް ނެތީއެވެ. އެއްކަލަ ރައްޔިތުުމީހާގެ ވޯޓު ލިބުނީމަ ކެޔޮގަނޑު ކަނޑާލީމަ ގަހުގެ ބޭނުން ކެނޑޭ އުސޫލުން އެކަންވެސް ދިޔައީކަން ނޭގެއެވެ. އަދިވެސް ބައެއް ރައްޔިތުން ބުނެއެވެ، އޭރު ފައިސާ ޚަރަދު ކުރަމުން އައިސްފައިވަނީ ޤާސިމް އިބްރާހިމްގެ ވަޒީފާގައި ހުރެގެން ޤާސިމްގެ އެހީގައެވެ. އެހެންވީމަ މިހާރު ފައުންޑޭޝަނުގެ އެއްވެސް ހަރަކާތެއް ނުފެންނަންވީ ކީތްވެތޯ ސުވާލު އުފެދެއެވެ. އަދި އޭރު ރައްޔިތުންނަށް ކަންކަން ކޮށްދޭނެ ލާރި ހުރެފައި މިހާރު ނުހުންނަންވީ ސަބަބެއް ވެެސް ނުވިސްނޭ ކަމަށްވެސް ބައެއް ރައްޔިތުން ބުނެ އުޅެއެވެ. މިހާރު މާގިނަ ކަންކަން ކޮށްދެވޭނެ މަގު ފަހިވެފައި އޮންނާންވާނެތާއެވެ. މިހާރު އެއީ ދިވެހިރާއްޖޭގެ ނައިބް ރައީސް ވެސްމެއެވެ. މިނޫނަސް ބައެއް ޒުވާނުން ބުނާގޮތުން ފައިސަލް ނަސީމްގެ ފަރާތުން ކަންކަން ވެފައި އޮތީ އޭރު ފައިސަލްއަށް އެކަމުގެ ސަބަބުން ސިޔާސީ މަންފާއެއް ލިބޭނެ ކަންކަމަށް ބަލައިގެން ކޮށްދީފައި ހުރި ކަންކަމުގެ ގޮތުގައި ފާހަނގަ ކުރެވޭ ކަންކަމެވެ.
ރައްޔިތުންގެ އުންމީދަކީ މިފަދަ ފައުންޑޭޝަންތަކުގެ އެހީތަކާއި ޚިދުމަތްތަށް ދާޢިމީގޮތެއްގައި ލިބެން ހުރުމެވެ. ރަނގަޅު ނިޔަތުގައި ކުރާ މިފަދަ ކޮންމެ ކަމަކީ އޭގެ ސަބަބުން ދަރުމައާއި ސަވާބު ލިބޭނެ ކަންކަމެވެ.