Advertisement
Advertisement

"ޓަމަނު އޮއިލް" ގެ އެހެން ބާވަތެއްގެ ތެލެއް ހަމަ އެނަމުގައި ބާޒާރުގައި ވިއްކަނީ

މުޅި ރާއްޖެއަށް މަޝްހޫރު "ޓަމަނު އޮއިލް" ގެ އެހެން ބާވަތެއްގެ ތެލެއް ހަމަ އެނަމުގައި ބާޒާރުގައި ވިއްކަމުންދާކަމަށް ޓަމަނު އޮއިލްގެ ވެރިޔާ މުޙައްމަދު އަފްރާހު ހާމަކޮށްފިއެވެ. ޢަފްރާހް (ހަނިމާ) ބުނިގޮތުން މިއީ މިކަހަލަ ކަމެއް މެދުވެރިވި 2 ވަނަ ފަހަރެވެ. މީގެ ކުރިންވެސް ބަޔަކު ވަނީ މިގޮތަށް ޕްރޮޑަކްޓެއް ހަދައިގެން ވިއްކަން މަސައްކަތް ކޮށްފައެވެ.

Advertisement

މިފަހަރު ފެނިގެން މިދިޔައީ، ޖިލްބާބުގެ ފިހާރަތަކުން ވިއްކަމުން ގެންދާ މަންޒަރެވެ. ހަނިމާ ބުނާގޮތުން ރާއްޖޭގައި ތަމަނު އޮއިލް އުފައްދާ ރަޖިސްޓަރީ ކޮށް، ލޭބަލް ކޮށްގެން މާރުކޭޓަށް ނެރުނީ އޭނާގެ ތަމަނު ބްރޭނޑުން ނެވެ. ތަމަނު ބޭނުން ކޮށްގެން މިބާވާތުގެ އެއްވެސް ވިޔަފާރި ހިންގާގެން ނުވާނެއެވެ. އެހެން ކަމުން ޓަމަނުގެ ނަން ބޭނުންކޮށްގެން އެހެން އެއްވެސް ފަރާތަކުން ކުރާނަމަ އެކުރަނީ ވަރަށް ބޮޑު ކުށެކެވެ. ޓަމަނު އަކީ އިކޮނޮމިކް މިނިސްޓްރީގައި ޓްރޭޑް މާކެއް ގޮތުގައި ރެޖިސްޓަރ ކޮށްފައިވާ ނަމެކެވެ. އެހެން ކަމުން މިނަން އެހެން އެއްވެސް ފަރާތަކަށް ނުކުރެވޭނެއެވެ. އަދި އެކަން އެގޮތަށް ނުކުރުމަށްވެސް ހަނިމާ އެދިލައްވައެވެ.

ތަމަނު އޮއިލް އަކީ ފުނަގަހުން ހަދާ ތެލެކެވެ. އެންމެ ފުރަތަމަ ތަމަނު އޮއިލްގެ ގޮތުގައި މާކެޓުކުރީ ފުވައްމުލަކުގައެވެ. ނަމަވެސް މިހާރު މި ތެލުގެ ވިޔަފާރި ފުޅާވެ، މަޤްބޫލުކަން އިތުރުވުމުގެ ސަބަބުން މުޅިރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ލިބޭނެ އިންތިޒާމު އީޓުކުރި މެދުވެރިކޮށް ވަނީ ހަމަޖެހިފައެވެ.


ތިރީގައި އެވަނީ ޓަމަނު އޮއިލްއާއި ބެހޭ ބައެއް މަޢުލޫމާތެވެ. މި މަޢުލޫމާތު ނަގާފައިވަނީ ހުވަނދު ވެބްސައިޓުންނެވެ.

ބޭނުން

ތަމަނު އޮއިލް ހަންގަނޑުގައި އުނގުޅުމުން ލިބޭ ބައެއް ފައިދާ:

- ހަންގަނޑަށް ފަސޭހަކަމާއި އޮމާންކަން ލިބުން

- އާ ޓިޝޫ އުފެއްދުމާއި ހަންގަނޑުގެ ސިއްޚަތު ރަނގަޅުކުރުމަށް މަގުފަހިކޮށްދޭ

- ހަމުގެ އިންފްލެމެޓަރީ ބަލިތައް ކަމައްވާ ޑާމެޓައިޓިސް, ސޯރިއޯސިސް އަދި އެކްޒީމާއިން ރަނގަޅުވުމަށް އެހީވެދޭ

- އެކްނީ (އޮށާޅަ) އިން ސަލާމަތް ކޮތްދޭ

- ހަންގަނޑު އަވަހަށް ރަނގަޅުވުމަށް އެހީވެދޭ

- ބައެއްކަހަލަ ލަކުނުތައް ފިލުވަދޭ

- ހަނގަނޑު ހިކުމުން ސަލާމަތްކޮއްދޭ

ބޭނުންކުރާ ގޮތް

ހަންގަޑުގެ ބޭނުންވާ ހިސާބެއްގައި ތުނި ފަށަލައަކަށް ވާގޮތައް (އެއް ތިކި ނޫނީ ދެތިކިވަރު) ހާކާލާ. ނުދޮވެ މަދުވެގެން 1 ގަޑިއިރު ބަހައްޓާ. ގިނައިރު ވަންދެން ބެހެއްޓުމުން ކުރާ އަސަރު ބޮޑުވާނެ. ދުވާލަކު މަދުވެގެން އެއްފަހަރު ބޭނުން ކުރޭ. ލޮލާއި ލޮލުގެ ވަށައިގެން ވާހިސާބުގައި ލައިގެން ނުވާނެ!

ރައްކާތެރިކަމުގެ މައުލޫމާތު

ނަޓް އެލަޖީ. ނަޓް ބޭސްޑް ކެރިއަރ އޮއިލް އާއި ބަޓަރު ފަދަ އެއްޗެހި ފަދައިން މިތެޔޮބޭނުންކުރާއިރު ސަމާލުވެލައްވާ. ހަމައެކަނި ހަންގަޑުގެ ބޭރުގައި ލުމަށް. ލޮލާއި, ނޭފަތާއި, އަނގަޔާއި, އެހެނިހެން ނާޒުކު ހިސާބުތަކުގައި ލައިގެން ނުވާނެ!

އެކުލެވޭ މާއްދާތައް

ހުވަނދު ތަމަނު އޮއިލްގައި ހިމެނެނީ %100 ކޯލްޑް ޕރެސްޑް ތެލެވެ. އިތުރު އެހެން އެއްވެސް މާއްދާއެއް ނުހިމެނޭނެއެވެ. ފުވައްމުލަކު ފުނަގަހުގެ މަދުން ނަގާފައިވާ ތެލެވެ.

އޮންލައިންކޮށް ގަތުމާއި ޑެލިވަރީ

އަޅުގަނޑުމެންގެ ހުރިހާ އުފެއްދުމެއް އޮންލައިންކޮށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އީޓުކުރި ސޮޕްއިން ލިބެން ހުންނާނެ. އީޓުކުރި ސޮޕްއިން އޯޑަރ ކޮއްލީމަ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށްވެސް ހިލޭ ޑެލިވަރީ ކޮއްދޭނެ.















































އަޅުގަނޑުމެންގެ އުފެއްދުމުގައި ބޭނުންކުރަނީ ގުދުރަތީ މާއްދާތައް, އެއީ ގަސް ގަހުގެ ތާސީރާއި, ދިވެހި ބޭހަށް ބޭނުން ކުރާ ބައެއް އެއްޗެއްސެވެ. މި އުފެއްދުންތައް ބޭނުން ކުރުމުން ހަންގަނޑަށް އެއްވެސް ނޭދެވޭ އަސަރެއް, ހިރުވުން ކަހަލަ ކަމެއް ދިމާވެޖެނަމަ ލަސް ނުކޮށް ޑޮކްޓަރެއްގެ ޚިޔާލު ހޯއްދަވާ! އަދި މި ތަކެތި ބޭނުންކުރުން ހުއްޓަވާލައްވާ! ހަށިގަނޑަށް ދިމާވާ ބަލިތަކުގައި އެންމެ ފުރަތަމަވެސް ޑަކްޓަރައް ދައްކައި އެބޭފުޅުންގެ އިރުޝާދު ހޯދުން 

ޓަމަނު އޮއިލް ގަންނަން ލިބޭނީ https://shop.etukuri.mv/stores/huvandhu އެވެ.


Advertisement
ކިޔުންތެރިންގެ ހިޔާލު
އަބުސީ
ފުނަތެލައްކިޔާ އިގިރޭސި ނަަމަކީ ތަމަނު އޮއިލް
ޜެ
ޓަމަނު އެއީ ފުނައިގެ އިނގިރޭސި ނަން. ފުނަތެލަށް ޓަމަނު ނުކިޔޭނެ ގޮތެއް ނޯންނާނެ.
އަފްރާހް
ފުނަގަހާއިފުނައި އެއްވެސް ތަނަކަށް އިނގިރޭސިން ކިޔާ ނަމެއްނުން އެއަކީ
ހިޔަލީ
ވަރަށް ހަމަ ނުޖެހޭ ކަމެއް ދޯ! އެހެންވީޔާ ކާށި ތެޔޮ ވެސް ބަޔަކު ޓްރޭޑްމާކް ކޮށްފިޔާ ތިދިޔައީ ދޯ ދުވަސް ލޮލް އިކޮނޮމިކް އިން ތިއޮތީ ބޮޑު ތަނުން ގޯސް ހަދާފަ.