Advertisement
Advertisement

ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން "ކޮމިޔުނިޓީ ބޭސްޑް ވޮކޭޝަނަލް ސްކިލްސް ޓްރޭނިންގ ޕްރޮޖެކްޓް" ފުވައްމުލަކުގައި ފަށަނީ

ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން ފުވައްމުލައް ސިޓީގައި "ކޮމިޔުނިޓީ ބޭސްޑް ވޮކޭޝަނަލް ސްކިލްސް ޓްރޭނިންގ ޕްރޮޖެކްޓް" ހިންގުމަށް އެޓްމޮސްފިއާރ ފައުންޑޭޝަން އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Advertisement

މި އެއްބަސްވުމުގެ ދަށުން ފުވައްމުލަކުގައި ހިންގޭ ޕްރޮގްރާމްތަކުގެ ދަށުން ޖުމްލަ 30 ޒުވާނުން ތަމްރީނު ކުރުމަށް ވަނީ ނިންމާފައެވެ. މި ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ތަމްރީން ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނެނީ ވަޑާންކުރުން، ހައުސްކީޕިންގ، ބޭކިންގ ކޯސްތަކުގެ އިތުރުން ކޮމެޕިއުޓަރ ޕްރޮގްރާމިންގ ދާއިރާގެ ކޯސްތަކެވެ. ފުވައްމުލައް ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމްތަކަކީ ސެޓްފިކެޓް ލެވެލް 3 ގެ ފެންވަރަށް ހިންގޭ ކޯސްތަކެކެވެ. އަދި ކޯހުގެ މުއްދަތަކީ 6 މަސް ދުވަހެވެ.


ކޮމިޔުނިޓީ ބޭސްޑް ވޮކޭޝަނަލް ސްކިލްސް ޓްރޭނިންގ ޕްރޮޖެކްޓް މަޤްޞަދަކީ ފުވައްމުލައް ސިޓީގައި ތިބި ޒުވާނުންގެ ހުނަރުވެރިކަމާއި މަސައްކަތްތެރިކަން އާލާކޮށް ބިނާކުރަނިވި ޒުވާނުންތަކެއް އުފެއްދުމެވެ. މީގެ އިތުރުން ފުވައްމުލަކުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމުގައި ޒުވާނުންގެ ދައުރު ބޮޑުކުރުމަށް މަސައްކަތް ކުރުން ހިމެނޭ ކަމުގައި ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން މަޢުލޫމާތުދެއެވެ.


މާލެއިން ބޭރުގައި ހިންގާ ރާއްޖޭގެ އެންމެ ކާމިޔާބު ކޮލެޖުން ހިންގާ މި ޕްރޮގްރާމަކީ ޢަމަލީ މައިދާނުން ހުނަރު ތަރައްޤީ ކުރުމުގެ ފުރުޞަތު ލިބިގެންދާގޮތަށް ފަރުމާކުރެވިފައިވާ ކޯސްތަކެކެވެ. މި ތަމްރީން ޕްރޮގްރާމްތަކުގެ ބައިވެރިންނަށް ޕާރސަނަލް ޑިވެލޮޕްމަންޓް ކޯޗިންގ އާއި އިނގިރޭސި ބަހުގެ ފެންވަރު ރަގަޅު ކުރުމަށް ވެސް އެހީތެރިވެ ދެވޭނެއެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު