Advertisement
Advertisement

ބަންދުގައި ހުރި ޒުވާނަކަށް ސިއްޙީ ފަރުވާ ނުދޭ މައްސަލައެއް ފެންމަތި ވެއްޖެ

ބަންދުގައި ހުރި ފުވައްމުލަކު ޒުވާނަކަށް އެކަށީގެންވާ ސިއްޙީ ފަރުވާ ނުދޭ ކަމަށް އާއިލާއިން ތުހުމަތު ކުރާ މައްސަލަތަކެއް ފެންމަތި ވެއްޖެއެވެ.

Advertisement

އާއިލާއިން ބުނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އެ ޒުވާނާ މިހާރު ވަނީ މާފުށި ޖަލަށް ބަދަލުކޮށްފައި ކަމަށެވެ.  އޭރުވެސް މި ޒުވާނާގެ ހާލަތު ވަނީ ދަށަށް ދާން ފަށާފައެވެ. މާފުށީ ޖަލުގެ ޑޮކްޓަރުން ބެއްލެވުމަށްފަހު މާލެ ގެންގޮސް ޓެސްޓު ހެދުމަށް ލަފާދިނުމުން ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެނެސްފައެވެ. އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާ ދީފައިވަނީ ބައިއޮސްފީ އެއް ވީހާވެސް އަވަހަކަށް ހެދުމަށެވެ. ނަމަވެސް ފުލުހުން އޭގެ ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. 13 އޯގަސްޓް 2022 ގައި ހަދަން ބުނި ޓެސްޓް ހަދާފައިވަނީ އޮކްޓޯބަރ މަސް ތެރޭގައެވެ. 28 ޑިސެމްބަރ 2022ގައި އައިޖީއެމް އެޗަށް ބަދަލުކުރުމަށްފަހު ކުރިން ހުރި ހުރިހާ ޓެސްޓެއް އަލުން ހެދި ނަމަވެސް މިހާތަނަށް އެއްވެސް ކުރިއެރުމެއް ނުލިބޭ އަދި ބަލިވެސް ޔަޤީން ނުވާ ކަމަށް ޢާއިލާއިން މައުލޫމާތު ދެއްވައެވެ. އޭޑީކޭ ޑޮކްޓަރުން ބައިއޮސްފީ ހަދަން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދަން ބުނީމަ ބުނީ ކަރެކްޝަންސް އާއި ޓްރީޓޮޕް އާއި ދެމެދު ވެފައިވާ ކޮންޓްރެކްޓް އުވާލާފައި ކަމަށެވެ. ދެން ބަލިމީހާ އެދުނީ އާއިލާގެ އެހީތެރިކަމާއި އެކު ޓެސްޓު ހެދުމަށެވެ. ނަމަވެސް ކަރެކްޝަންސް އިން މި މަޢުލޫމާތުވެސް ހިއްސާ ކޮށްފައެއް ނުވެއެވެ. އައިޖީއެމްއެޗް އަށް 28 ޑިސެމްބަރ 2022 ގައި ގެންދިޔަ ނަމަވެސް ޢާއިލާ އާއި އެކަން ހިއްސާކޮށްފައިވަނީ 29 ޑިސެމްބަރ ގައި ކަމަށްވެސް އާއިލާއިން ބުނެއެވެ.

އާއިލާއިން މި ނޫހަށް މަޢުލޫމާތު ދެމުން ވާހަކަ ދެއްކި އަބްދުއް ސަލާމްގެ ދައްތައެއް ބުނީ ބޭނުންވެގެން މިއުޅެނީ ކޮއްކޮ ކުށެއް ނުކުރާ ކަމަށް ހަދާފައި އެކަމުން ސަލާމަތް ކުރާކަށް ނޫން ކަމަށެވެ. އަދި މިހާތަނަށް މި މައްސަލައިގައި އެއްވެސް ކޯޓަކުން ހުކުމެއް ކޮށްފައެއް ނުވެއެވެ.  ފުލުހުންގެ ތުހުމަތަކަށް ގެންގޮސް ބަންދުގައި ހުއްޓާ ދިމާވި ސިއްޙީ މައްސަލަތަކަށް އެކަށީގެންވާ ފަރުވާ ދިނުން ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ހުރި ކަމަށެވެ. މާފުށީ ޖަލުގެ ޑޮކްޓަރުން ޓެސްޓު ހަދަން ބުނި ފަހުން 3 މަސް މިއަދާއި ހަމަޔަށް ވަނީ ވެފައި ކަމަށެވެ.

ފުވައްމުލަކު މަޖިލިސް ބައެއް މެމްބަރުންގެ އިތުރުން ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުންނާއި ބައްދަލުކޮށް މިކަމުގައި ކޮއްކޮގެ ބޭސްފަރުވާ ރާއްޖެއިން ލިބެން ނެތިއްޔާ ރާއްޖެއިން ބޭރަށް ފޮނުވައިގެން ވިޔަސް ކޮށްދިނުމަށް އެދޭ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މިއަދާއި ހަމަޔަށްވެސް މިކަމުގައި މާބޮޑު އެހީތެރިކަމެއް ނުލިބޭ ކަމަށެވެ. 

 އާއިލާގެ އެދުމަކީ އަބްދުއް ސަލާމް އަށް އެކަށީގެންވާ ފަރުވާ ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުން ދެވޭނެ މަގު ސަރުކާރުގެ ޚަރަދުގައި ނުވާ ނަމަ އަމިއްލަ ޚަރަދުގައި ވިޔަސް ވާނެ މަގު ފަހި ކޮށް ދިނުމަކީ އާއިލާގެ އެންމެ ބޮޑު އެދުމެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު