ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގައި އެންމެ ބޮޑު އަގުލަބިއްޔަތެއް ހޯދާފައިވަނީ 21 އަހަރުގެ ހަމްދާ

ހަމްދާ. އީވާ ހަމްދާ. އީވާ

މި އިންތިހާބަކީ ދަ ޑިމޮކްރެޓްސްގެ އެންމެ ފުރަތަމަ އެތެރޭގެ އިންތިހާބެވެ. މި އިންތިހާބަކީ 21 އަހަރުގެ ޒުވާން ހަމްދާ ސިޔާސީ މަޤާމަކަށް ކުރިމަތިލި ފުރަތަމަ ފަހަރެވެ. ހަމްދާ އަކީ ޑިމޮރެޓްސް ޕާޓީގައި މަޤްބޫލުކަށް ހޯދަމުން އަންނަ ފަރާތެކެވެ. ރާއްޖޭގެ ގިނަ ރަތްތަކަށް ދަތުރުކޮށް ޕާޓީގެ މެންބަރުންނާއި ބައްދަލުކޮށް ކެންޕެއިންގައި ގިނަ މަސައްކަތް ތަކެއް ހަމްދާ ކޮށްފައިވެއެވެ. މިފަދަ ނަތީޖާއެއް ލިބުމަކީ ޒުވާނަކަށްވެ ހުރެ ސިޔާސީ މައިދާނަށް ނިކުތް ނިކުތުމާއި ލީޑަރޝިޕް އަދި ޤްރާސްރޫޓުން ހަމްދާ ބަލައިގަތްކަމާއި އިންތިހާބުން މި ފަދަބޮޑު ކާމިޔާބީއެއް ލިބުމުގައި އާއްމު މެމްބަރުންނަށް ޝުކުރު އަދާކުރާ ކަމަށް ހަމްދާގެ ފޭސްބުކް ގައި ހާމަކޮށްފައިވެއެވެ.

ދަޑިމޮކްރެސްޓްގެ ވެބްސައިޓުގައި ހާމަކޮށްފައިވާ ނަތީޖާއަށް ބަލާއިރު، ޕާޓީގެ ރައީސްކަމަށް ވާދަކޮށްފައިވާ ހަސަން ލަތީފު އިންތިހާބު ކާމިޔާބު ކޮށްފައިވަނީ 54.83 % ނަތީޖާއިންނެއެވެ. އޭނާއާއި ވާދަކުރި ހުސައިން އަމްރު އަށް ލިބިފައިވަނީ  %45.1 އެވެ. ޕާޓީގެ ނައިބްރައީސް (ޒުވާން) ގެ މަޤާމަށް ހޮވިފައިވަނީ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާނެވެ. ނައިބްރައީސް (އަންހެން) ގެ މަޤާމަށް ހޮވިފައިވަނީ އާއިޝަތު އަލައިކާ އަދުނާނެވެ.

ޒުވާނުންނަށް ފުރުސަތު ފަހި ޕާޓީ އެއްގެ ގޮތުގައި ފާހަގަ ކުރެވޭ ޑިމޮކްރެޓްސް އިންތިހާބުގައި ޒުވާން ޑިމޮކްރެޓްސް ލީޑަރ މަޤާމަށްވެސް (35 އަހަރުން ދަށުގެ) މެންބަރުންގެ 50.18 % ވޯޓުން މުޙައްމަދު މާސިހް އިންތިހާބު ކޮށްފައިވެއެވެ. ޒުވާން ޑިމޮކްރެޓްސް ޑެޕިއުޓީ ލީޑަރަށް ހޮވިފައިވަނީ 53.68 % އިން ފިތުރާ މުޙައްމަދު އެވެ.

ނިމިގެންދިޔަ ކެމްޕެއިނަށް ބަލާއިރު، ޕާޓީގެ ފަށަލަތަކަށް ހޮވިފައިވާ ފަރާތްތައް ކުރިޔަށް އޮތް 5 އަހަރަށް ހޮވިފައިވާއިރު އެފަރާތްތަކުން މަސައްކަތް ކުރާނީ 2028 ގެ އިންތިޙާބު ޑިމޮކްރެޓްސް އަށް ކާމިޔާކޮށްދިނުމަށް ކުރެވެން ހުރި މަސައްކަތްތަށް ކުރުމަށެވެ.

މި ވަގުތު ރާއްޖޭގައި ސިޔާސީ ބައިބައިވުމާއި ހަލަބޮލި މި ދަޑިވަޅުގައި ދަޑިމޮކްރެސްޓްގެއަކީ ގިނަ ބައެއްގެ ވަރަށް ބޮޑު އުއްމީދުތަކަކާއި ގުޅިފައިވާ ޕާޓީއެކެވެ.


ކިޔުންތެރިންގެ ހިޔާލު