Advertisement
Advertisement

މޮޓޯސްޕޯޓްސް: ރާއްޖޭގައި ކުރިއެރުވިދާނެ ކުޅިވަރެއް!

ސްޕޯރޓްސް ކާރުތަކެއް ދައްކާލަން ބަހައްޓާފައި ސްޕޯރޓްސް ކާރުތަކެއް ދައްކާލަން ބަހައްޓާފައި

މޮޓޯރ ސްޕޯރޓްސް އަކީ ދުނިޔޭގައި އެހެން ކުޅިވަރުތަކެކޭ އެއްފަދައިން ފުޅާދާއިރާއެއްގައި ކުޅެމުން އަންނަ ކުޅިވަރެކެވެ. ނަމަވެސް ދިވެހިރާއްޖޭގައި މިކަން ހިނގަނީ އެހެނެއް ނޫނެވެ. ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ކުޑަ ގައުމަކަށްވާތީ މިހެން މިކަން އޮތުން އެކަށީގެން ވެއެވެ. ނަމަވެސް ހަގީގަތަކީ މިގައުމުގައި މިހާރުވެސް އެބަ ތިބި ދުނިޔޭގެ ފެންވަރުގައި ވާދަ ކޮށްލެވޭ ފެންވަރުގެ ޒުވާނުން. އަދި މިހާރުވެސް ކޮންމެވެސް ވަރަކަށް އަމިއްލަ ގޮތުން ބޭރު ގައުމުތަކުގައި އޮންނަ މުބާރާތް ތަކުގައި ވާދަކުރާ ދިވެހިން އުޅޭކަން ފާހަނގަކޮށްލަން.

Advertisement

މީގެ 10 ވަރަކަށް އަހަރު ކުރިން ހުޅުމާލޭގައި ޒުވާނުންތަކެއް އިސްނަގައިގެން ވަކި ސަރަހައްދެއް ޓްރެކެއްގެ ގޮތުގައި އެޗްޑީސީއިންނާއި ޕޮލިހުންގެ ހުއްދަ ލިބިގެން ފަރިތަކުރުންތަކާއި ތަފާތު އިވެންޓުތަށް ބޭއްވިއެވެ. ނަމަވެސް މިހާރު އެސަރަހައްދުގައި މީހުން އާބާދުވެ ކާރުބާރު ބޮޑުވުމުގެ ސަބަބުން އެސަރަހައްދުގައި އެކަން އެގޮތަށް ނުކުރެވޭތާ ކިތައްމެ ދުވަހެއް ވެއްޖެއެވެ.


ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭރުގެ ޑިފެންސް މިނިސްޓަރ، ހުޅުމާލެ ފޭސް 2 ގައި ޓްރެކެއް އެޅިގެންދާނެ ވާހަކަ ވިދާޅުވި ނަމަވެސް އެކަން އެގޮތަށް ހިނގާފައި ނުވެއެވެ.

މޮޓޯރ ސްޕޯރޓަކީ ވަރަށް ތަފާތު ކުޅިވަރަކަށް ވެފައި މިކަމުގައި ބޭނުން ކުރަންޖެހެނީ އަގުބޮޑު ކާރު، ސައިކަލް ވީމަ މިކަމުގެ ޝައުގުވެރިކަން ހުންނަ ކިތަންމެ ޒުވާނުންނަށް މިކަން ކުރުމުގެ ފުރުސަތު ނުލިބެއެވެ. ނަމަވެސް މިކުޅިވަރު ބަލާލަން ވަރަށް ގިނަމީހުން ދާކަން ފާހަނގަ ކޮށްލެވެއެވެ. މިހާތަނަށް އެއްވެސް ސަރުކާރަކުން މި ކުޅިވަރަށް މާބޮޑު ތަރުހީބެއް ދޭތަނެއް ނުފެނެއެވެ.

މިކުޅިވަރުގެ ތެރޭގައި އުޅޭ ބައެއް ޒުވާނުން ބުނާގޮތުން ހުރިހާވެސް މައްސަލައަކީ އިދާރާތަކުގައި ތިއްބަވާ ބައެއް ވެރިންގެ ހުންނަ ބޯދާ ޚިޔާލެވެ.

ޒުވާނުން ބުނާގޮތުން ރޭގަނޑު ދަންވަރު މިކަމުގައި އުޅެން ޖެހެނީ އާއްމުންނަށް އުނދަގޫ ވެދާނެތީއެވެ. އެހެންކަމުން މިކަމަށް ހުރަސް އަޅަންވީ ސަބަބެއްނެތެވެ. 

މި ޒުވާނުން މިކަން ކުރަނީ ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއެކުގައެވެ.

ކުޅިބަލަން ތިބޭ މީހުން ތިބެނީ ޕޭމަންޓް މަތީގައެވެ. ސަރަހައްދު ވަކިކުރަން ފެންސް ޖަހާފައި ނުހުރެއެވެ.  ސަބަބަކީ މިކަން މިކުރަނީ މަގުމަތީގައި ކަމަށްވާތީއެވެ. މިފަދަ ކުޅިވަރުތައް ކުޅުމުގައި އެންމެ ރަނގަޅު ގޮތަކީ ވަކި ސަރަހައްދެއް ހަމަޖެހި އެތަން ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ހުރުމެވެ. 

ރޭސް ޖެހުމާއި ސްޓަންޓް ޖެއްސުމަކީ ވަރަށްވެސް ތަފާތު ދެ ކުޅިވަރެއް ނަމަވެސް ބައެއް މީހުނަށް ހީވެފައި އޮންނަނީ ސްޓަންޓް ޖެއްސުމަކީވެސް ރޭސް ޖެހުން ކަމަށެވެ. ދިވެހި ރާއްޖޭގައިވެސް ރޭސިންގ އެސޯސިއޭޝަންތަށް ހެދިފައި އެބައޮތެވެ. ނަމަވެސް އެންމެ އެދެވޭ ގޮތުގައި ހިނގާތަނެއް ނުފެނެއެވެ. މިފަދަ ކުޅިވަރު ކުޅެން ބޭނުންވާ ޒުވާނުންނަށް އެފަދަ ފުރުސަތު ހޯދައިދިނުމަކީ މިދެންނެވި އެސޯސިއޭޝަންތަކުގެ ޒިންމާއެކެވެ.

މިހާރުވެސް މި ކުޅިވަރުގައި އުޅޭ ގިނަ ބަޔަކީ ވަރަށް ޕްރޮފެޝަނަލްކޮށް މިކަންކުރާ ފެންވަރުގެ ޒުވާނުންކަން ފާހަނގަ ކުރެވެއެވެ.  ވީމާ ކުރިއަށްއޮތްތަނުގައި މިކުޅިވަރު މި ގައުމުގައި ކުރިއެރުވޭނެ ގޮތަށް ސަރުކާރުން ޒުވާނުންނަށް ފުރުސަތު ދިނުމަިކީ ވަރަށް ރަނގަޅު ކަމެއް ކަމުގައި ދެކެމެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު