Advertisement
Advertisement

ޖޯކު ޖެހީ ލިވަޕޫލަށް، ޖޯކަކަށް ވީ މީޑިއާނެޓް

މީޑިއާނެޓުން ޝަޢިރުކުރި ފޮޓޯ މީޑިއާނެޓުން ޝަޢިރުކުރި ފޮޓޯ

މީސް މީޑިއާގައި މިހާރު އެންމެ ހޫނުކޮށް ކުރިއަށްދާ ތިކިޖެހި ތާނައިގެ ބަހުސަށް މިއަދު މީޑިއާނެޓް ތަދައްޚުލް ވެއްޖެއެވެ.

Advertisement

ތިކިޖެހި ތާނަ އުވާލަން ފެނޭތޯ ސުވާލުކޮށް މީޑިއާނެޓުގެ ފޭސްބުކް ޕޭޖް އަދި ޓުވިޓާގައި ވަނީ ޕޯސްޓެއް ޝާއިއުކޮށްފައެވެ. އެގޮތުން މީޑިއާނެޓުން ނެގީ ދިވެހި އަކުރުގައި ހިމެނޭ 'ޕަވިޔަނި' އަކުރެވެ. އެހެންނަމަވެސް ޕަވިޔަންޏަކީ ތިކިޖެހި ތާނައިގައި ހިމެނޭ ބައެއް ނޫންކަން މީޑިއާނެޓަށް އޮޅި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި މި ޕޯސްޓާ އެކު ލާފައިވާ ފޮޓޯގައި ދުނީޔޭގެ މަޝްހޫރު ފުޓުބޯޅަ ކްލަބު ލިވަރޕޫލަށް ޖެއްސުންކޮށްފައި ވުމުން ދިވެހިރާއްޖޭގެ ލިވަރޕޫލްގެ ސަޕޯޓަރުންގެ ނުރުހުމާއި ރުޅިވެރިކަން ވަނީ މީޑިއާނެޓަށް އަމާޒުވެފައެވެ. މީޑިއާނެޓުން ވަނީ ލިވަރޕޫލްގެ އޮފިޝަލް ލޯގޯ އެޑިޓްކޮށް ލޯގޯއަށް އުނި އިތުރުކަން ގެނެސްފައެވެ. އެގޮތުން އިނގިރޭސިން ލިވަރޕޫލް ލިޔާއިރު އޮންނަ "ޕީ" ގެ ބަދަލުގައި އިނގިރޭސި އަކުރު "އެފް" އަށް ބަދަލުކޮށް ލިވަރފޫލް ޖަހާފައެވެ.

މީޑިއާނެޓްގެ މި ޢަމަލާއި ގުޅިގެން ދިވެހިރާއްޖޭގައި ހިންގަމުން އަންނަ އޮފިޝަލް ލިވަރޕޫލް ސަޕޯޓާސް ކުލަބުން ވަނީ މީޑިއާނެޓްގެ މި އަމަލު ކުށްވެރިކޮށް ނޫސްބަޔާނެއް ނެރެފައެވެ.

މި ނޫސް ބަޔާނުގައި ވަނީ ލިވަރޕޫލްއަށް މަލާމާތް ރައްދުވާގޮތަށް މީޑިއާނެޓުން ކޮށްފައިވާ ޕޯސްޓު ވީ އެންމެ އަވަހަކަށް ނެގުމަށް ގޮވާލާފައެވެ. އަދި ކުށެއް ކުރެވިއްޖެ ނަމަ މަޢާފަށް އެދުމަކީ ރީތި ސިފައެއްކަން މީޑިއާނެޓަށް ހަނދުމަކޮށްދީފައެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު