Advertisement
Advertisement

ލިވަރޕޫލް ގަދަ ހަތަރަކާއި ގާތަށް

އިނގިރޭސި ޕްރެމިއާރ ލީގުގައި ރޭ އާރސެނަލް އާއި ލިވަރޕޫލް ކުޅުނު މެޗު ފަސޭހަކަމާއި އެކު ލިވަރޕޫލް ވަނީ ކާމިޔާބުކޮށްފައެވެ. އާރސެނަލްގެ އެމިރޭޓްސް ސެޓޭޑިއަމްގައި ކުޅެވުނު މި މެޗު ލިވަރޕޫލްއިން ކާމިޔާބުކުރީ 3 ލަނޑު 0 ލަނޑުންނެވެ.

Advertisement

މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ފުރުސަރުތައް ފަހިކުރަމުން ދިޔައީ ލިވަރޕޫލްއިންނެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔާއީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. 

ދެވަނަ ހާފު ފެށިގެންވެސް މޮޅަށް ކުޅެމުން ގެންދިޔައީ ލިވަރޕޫލްއިންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 64 ވަނަ މިނިޓުގައި އާރނޯލްޑު ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ލިވަރޕޫލަށް ކުރި ހޯދައިދިނީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑިއޯގޯ ޖޯޓާއެވެ. އޭނާ ކުޅެން ނިކުތީ އޭގެ ދެ މިނިޓުކުރިންނެވެ. މެޗުގައި ލިވަރޕޫލްގެ ދެވަނަ ލަނޑު 68 ވަނަ މިނިޓުގައި ކާމިޔާބުކޮށް ދިނީ ސަލާހުއެވެ. މި ލަނޑާއެކު ޕްރެމިއާރ ލީގުގެ ލަނޑު ޗާރޓުގެ ކުރިއަށް ސަލާހު ޖެހިލީއެވެ.

މެޗުގެ 82 ވަނަ މިނިޓުގައި ޖޯޓާ ވަނީ ލިވަރޕޫލްގެ 3 ވަނަ ލަނޑު ކާމިޔާބުކޮށް ފަސޭހަ މޮޅެއް ކަށަވަރުކޮށްދީފައެވެ. މި ލަނޑާއެކު ޖޯޓާ ވަނީ ލީގުގައި އޭނަ ލިވަރޕޫލަށް ކުޅެދިން 13 މެޗުން 8 ލަނޑު ޖަހާފައެވެ.

މި ނަތޖާއާއިއެކު ލިވަރޕޫލް ވަނީ 4 ވަނާގައި އޮތް ޗެލްސީއާއި 2 ޕޮއިންޓަށް ކައިރިކޮށްފައެވެ. ލިވަރޕޫލް އޮތީ ކުޅުނު 30 މެޗުން ލިބުނު 49 ޕޮއިންޓާއެކު ލީގުގެ 5 ވަނާގައެވެ.

ކިޔުންތެރިންގެ ހިޔާލު