Advertisement
Advertisement

ޗެލްސީ މޮޅުވި އިރު ލިވަރޕޫލް އެއްވަރު

އިނގިރޭސި ޕްރެމިއާރ ލީގުގައި އިއްޔެ ކުޅުނު މެޗު ކާމިޔާބުކޮށް ޗެލްސީ ގަދަ ހަތަރަކާއި ގާތަށް ޖެހިލާފިއެވެ. ޗެލްސީ މޮޅުވިއުރު ލިވަރޕޫލްއާއި ނިއުކާސަލް ޔުނައުޓެޑު ކުޅުނު މެޗުވަނީ އެއްވަރުވެފެއެވެ. ޗެލްސީ އިއްޔެ ކުޅުނު މެޗު ކާމިޔާބުކުރީ ވެސްޓް ހަމް ޔުނައިޓެޑާއި ކުޅެ 1-0 ގެ ނަތީޖާއަކުނެވެ. ވެސްޓް ހަމް ޔުނައިޓެޑަކީވެސް ރަނގަޅު ނަތީޖާތަކެއްް ނެރެ އަންނަ އަހަރު ޗެމްޕިއަންސް ލީގުގައި ކުޅުމުގެ އުންމީދު އާކޮށް ފައިވާ ޓީމެކެވެ. 

Advertisement


ވެސްޓް ހަމް ޔުނައިޓެޑުގެ ދަޑުގައި ކުޅުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ގިނަ ހަމަލާތައް އުފެއްދީ ޗެލްސީންނެވެ. މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު މެޗުގެ 43 ވަނަ މިނެޓުގައި ކާމިޔާބުކޮށް ދިނީ ޗެލްސީގެ ޓިމޯ ވާރނާއެވެ. މިއީ ވާރނާ ލީގުގައި ޗެލްސީއަށް ކާމިޔާބުކޮށްދިން 6 ވަނަ ލަނޑެވެ. ވެސްޓް ހަމް ޔުނައިޓެޑުން މެޗުގެ ނަތީޖާ ހަމަ ހަމަ ކުރުމަށް ކުރަމުން ދިޔަ މަސައްކަތުގެ ހުރަހަކަށްވީ ޗެލްސީގެ ވަރުގަދަ ޑިފެންސެވެ. އަދި މެޗުގެ 81 ވަނަ މިނެޓުގައި ވެސްޓް ހަމް ޔުނައިޓެޑުގެ ޑިފެންޑަރ ބަލްބުއެނާއަށް ރަތް ކާޑެއް ދެއްކުމާއު ގުޅިގެން ‍ވެސްޓް ހަމް ޔުނައިޓެޑު މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ. މި ނަތީޖާއާއި އެކު ޗެލްސީ ވަނީ 4 ވަނާގައި 3 ޕޮއިންޓުގެ ތަފާތަކާއި އެކު ހަމަޖެހިލާފައެވެ. ވެސްޓް ހަމް ޔުނައިޓެޑު އޮތީ 55 ޕޮއިންޓާއެކު ތާވަލުގެ 5 ވަނާގައެވެ



ގަދަ ހަތރަކަށް ދެން އެންމެ ގާތުން ވާދަކުރާ ލިވަރޕޫލް ވަނީ އިއްޔެ ކުޅުނު މެޗުން އެއްވަރު ވެފައެވެ. ލިވަރޕޫލް އަދި ނިއުކާސްލް ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުނެވެ. މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 3 ވަނަ މިނެޓުގައި ކާމިޔާބުކޮށް ދިނީ ލިވަރޕޫލްގެ ސަލާހުއެވެ. މި މެޗުގައި ލިވަރޕޫލްއަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަށް ލިބި ބޭނުން ނުހިފިފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ އިތުރު ވަގުތުގެ 5 ވަނަ މިނެޓުގައި ޖޯ ވިލޮކް ވަނީ ނިއުކާސަލްއަށް މެޗުގެ ނަތީޖާ އެއްވަެރުކޮށްދީފައެވެ. ލިވަރޕޫލް މިހާރު އޮތީ ކުޅުނު 33 މެޗުން ލިބުނު 54 ޕޮއިންޓާއެކު ތާވަލުގެ 6 ވަނާގައެވެ.

ލީގުގައި ގަދަ ހަތަރެއްގައި ނިންމާ ޓީމުތަކަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު