Advertisement

ރާއްޖޭގެ ފުޓްސަލް ކިންގުން ފުވައްމުލަކުގައި

ފުވައްމުލަކުގައި ކުރިއަށްދާ ފުޓްސަލް މުބާރާތުގެ ތެރެއިން ފުވައްމުލަކުގައި ކުރިއަށްދާ ފުޓްސަލް މުބާރާތުގެ ތެރެއިން

މިހާރު ފުވައްމުލަކުގައި ކުރިއަށްދާ ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ކުޅުމަށް ރާއްޖޭގެ ފުޓްސަލް ކިންގުންގެ ގޮތުގައި ބަލާ އެންމެ މޮޅެތި ކުޅުންތެރިން އަންނަނީ ކުޅެމުންނެވެ. 

Advertisement

އެގޮތުން ގިނަ ބައެއްގެ މެދުގައި އެންމެ ބޮޑަށް އެއް ނަންބަރު ކުޅުންތެރިޔާގެ ގޮތުގައި އެންމެ ގަދަޔަށް ބަހުސް ކުރާ ތިން ކުޅުންތެރިން ކަމަށްވާ އަލީ ހާފިޒް (ހާއްޕެ) އާއި އަބްދުﷲ ޝައްފާން (ޝާކާ) އަދި އަޔާޒު އަހުމަދު (އަޔާ) ހިމެނެއެވެ. މީގެ ތެރެއިން އަލީ ހާފިޒް (ހާއްޕެ) އާއި އަބްދުﷲ ޝައްފާން (ޝާކާ) ކުޅެނީ ދޫޑިގަމު ދޫޑިގަލާނޯ އަށެވެ.

ސީދާ މުބާރާތުގެ ތައްޓަށް އަމާޒުކޮށް ވަރުގަދަ ޓީމެއް އެކުލަވާލައިގެން ނުކުންނަ ދޫޑިގަލާނޯ ޓީމަށް ރާއްޖޭގެ އެންމެ މަތީ ފަންތީގައި ފުޓްސަލް ކުޅޭ ފުވައްމުލަކަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން އަހުމަދު ސިނާހު (ސިންބާ) އާއި މުއާޒް އަހުމަދު (ސެވެންޓީ) ވެސް ކުޅެއެވެ.

މީގެ ކުރިން ވެސް ފުވައްމުލަކުގައި އޭނާގެ ޖާދޫތައް ދައްކާފައިވާ އަޔާޒު އަހުމަދު (އަޔާ) މިފަހަރު ވެސް ކުޅެނީ ހޯދަޑު އަވަށުގެ ހޯދަޑު ސްޕޯރޓްސް ކްލަބަށެވެ. މި ޓީމަށް ދެން ކުޅޭ އެންމެ މަޝްހޫރު ކުޅުންތެރިޔަކީ ފުޓްސަލްގެ ނަން މަޝްހޫރު އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. މީގެ އިތުރުން އައްޑޫ އަށް ނިސްބަތްވާ ވަރުގަދަ ހަބޭސްގެ އަލީ ލިރުއާމް (ލިރޫ) ވެސް ހޯދަޑު ޓީމުން ފެންނާނެއެވެ. މީގެ އިތުރުން ހޯދަޑުގެ ތަރި ކަމަށްވާ އިނާން އަހުމަދާއި ފުވައްމުލަކަށް މަޝްހޫރު ޒަޔާން ޝަރީފު (ޕަބުއްކޮ) ވެސް ކުޅޭނެއެވެ.

ފުވައްމުލަކު ކުޅިވަރުގައި ކާމިޔާބު ދަޑިމަގު ޓީމުން ފެންނާނެ އެންމެ ހުނަރުވެރި ތަރި އަކީ އަރަމުން އަންނަ ފުޓްސަލް ތަރި ވަޖީހު (ވައްޖެ) އެވެ. މީގެ އިތުރުން ފުޓްސަލްގެ ވަރުގަދަ ނަމެއް ކަމަށްވާ އިބްރާހިމް އަރީޝް (އަރިއްޓޭ) އާއި އިބްރާހިމް ޝާފީ (ޗާގެޓު) ވެސް ފެނިގެންދާނެއެވެ. ނަމަވެސް ދަޑިމަގުގެ އެއް ތަރި ކަމަށްވާ ސާދު ނިޒާރު ޕްރެޒިޑެންސް ކަޕްގައި ކުލަބަށް ކުޅޭތީ މިފަހަރުގެ މުބާރާތުން ނުފެންނާނެއެވެ.

މި މުބާރާތުގައި ވާދަކުރާ ފުނާޑު އަވަށު ޓީމުންނާއި މާލެގަން އަވަށު ޓީމުން ވެސް ވަރުގަދަ ފައިޓެއް ދޭނެ ކުޅުންތެރިން ފެނިގެންދާނެއެވެ. މާލެގަން އަވަށު ޓީމުގެ ކޯޗަކީ މަޝްހޫރު ފުޓްސަލް ކޯޗު އިސްމާއިލް އިބްރާހިމް (އިސްމާ) އެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު
ސްޕައިޑަ މޭން
ކަބަރޮ ލޭކަލް ބަހަ މަސްސުނި ކެރުއްމާ ވަރަހަ ހަޑި