Advertisement
Advertisement

ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގެ ފައިނަލަށް ހޯދަޑާއި ދޫޑިގަން

މިހާރު ފުވައްމުލަކުގައި ކުރިއަށްދާ މެޖިކްލީން ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގެ ފައިނަލަށް ހޯދަޑު އަވަށު ހޯދަޑު ސްޕޯޓްސް ކްލަބް އަދި ދޫޑިގަން އަވަށު އެފްސީ ދޫޑިގަލާނޯ ދަތުރުކޮށްފިއެވެ.

Advertisement

ހޯދަޑު ސްޕޯޓްސް ކްލަބް ފައިނަލަށް ދިޔައީ ރޭ ކުޅެވުނު ސެމީ ފައިނަލް މެޗުގައި ދަޑިމަގު އަވަށުގެ އެފްސީ ދަޑިމަގު 1-0 އިން ކާމިޔާބު ކޮށްގެންނެވެ. އެފްސީ ދޫޑިގަލާނޯ ފައިނަލަށް ދަތުރުކުރީ މުބާރާތުގެ ދެވަނަ ސެމީ ފައިނަލް މެޗުގައި މާލެގަން އަވަށުގެ މާލެގަން ޔޫތު ފައުންޑޭޝަންގެ މައްޗަށް 3-2 އިން ކުރި ހޯދައިގެންނެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހު 30 ވަނަ ދުވަހުގެ ރޭ 20:30 ގައި ފުވައްމުލައް ސްޓޭޑިއަމް ފުޓްސަލް ދަނޑުގައެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު