ޓާރފް ދަނޑުތައް ތަރައްގީ ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލަށް
ފުވައްމުލައް ސިޓީ ދޫޑިގަން އަވަށު ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ފުވައްމުލައް ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މަހްލޫފް ހާމަކުރެއްވި ގޮތުގައި ފުވައްމުލަކު ސިޓީ ކައުންސިލާއި ހަވާލުކުރީ ދޫޑިގަން އަވަށު ފުޓްބޯޅަ ދަނޑުގެ ފެންސް ޖެހުމާއި ވަށާ ފާރު ރޭނުމުގެ މަސައްކަތެވެ.
މިނިސްޓަރު އިއްޔެ ސޯޝަލްމީޑިއާ އަށް ދޫކުރި އަޕްޑޭޓްސްތަކުގައި މިހެން ވިދާޅުވިޔަސް ހޯދަޑު އަވަށާއި ދޫނޑިގަމު އަވަށުގެ ފުޓްބޯޅަ ދަނޑުގެ ފެންސްޖެހުމުގެ މަސައްކަތް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބީލަމަށް ހުޅުވާލައިފައެވެ. ނަމަވެސް މިހާތަނަށް ބަޔަކާއި އެމަސައްކަތް ހަވާލުކުރި ކަމެއް ނޭނގެއެވެ.
މިލިޔުން ކިޔާލުމުން