Advertisement
Advertisement

ވިމެންސް އިންވިޓޭޝަން ކަޕްގެ ނަމުގައި އަންހެނުންގެ ފުޓުބޯޅަ މުބާރާތެއް

ހަސަން ހައްސާމް
ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމު ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމު

ވިމެންސް އިންވިޓޭޝަން ކަޕްގެ ނަމުގައި އެފްއޭއެމުން ފުވައްމުލަކުގައި އަންހެނުންގެ ފުޓުބޯޅަ މުބާރާތެއް ބާއްވަން އިއުލާންކޮށްފިއެވެ.

Advertisement

ފުވައްމުލައް ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން މާރިޗު ފަސްވަނަ ދުވަހު ފަށާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މިމަހު 27ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައެވެ. ފުވައްމުލަކުގައި ބާއްވާ މުބާރާތުގެ ޗެމްޕިއަނުން ކޮލިފައިވާނީ މާލޭގައި އޮންނަ މި މުބާރާތުގެ ޗެމްޕިއަނުންގެ ބުރަށެވެ.

ފުވައްމުލަކުގެ އިތުރުން އަތޮޅުތެރެއިން ހދ. ކުޅުދުއްފުށި، ޅ. ނައިފަރު އަދި ލ. ގަމުގައި މި މުބާރާތް ބޭއްވުމަށް އެފްއޭމުން ވަނީ ނިންމާފައެވެ. މާލޭގައި ފުރަތަމަ އޮންނާނީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ މެދުގައި އޮންނަ މުބާރާތެކެވެ. މި ފަސް ބައިގެ ޗެމްޕިއަނުންގެ ތެރެއިން ރާއްޖޭގެ ޗެމްޕިއަނުން ހޮވާނީ މާލޭގައި ފައިނަލް ބުރެއް ކުޅުމަށް ފަހު އެވެ. މުބާރާތުގެ ފައިނަލް ބުރުގެ ކުޅުން އޮންނާނީ މާލޭގައެވެ.

މީގެ ތެރެއިން ޅ. ނައިފަރުގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޑޮޓްކޮމް ސްޕޯޓްސް ކްލަބުންނެވެ. އެ ޓީމު ދެން ވާދަކުރާނީ ޗެމްޕިއަނުންގެ ބުރުގައެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު