Advertisement
Advertisement

މާލެގަން ސްޕޯރޓްސް ކްލަބުގެ ސްކޮޑް އިއުލާން ކޮށްފި

ހަސަން ހައްސާމް
މާލެގަން ސްޕޯރޓްސް ކްލަބު މާލެގަން ސްޕޯރޓްސް ކްލަބު

މުޅި ދިވެހިރާއްޖެއަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ޒޯން ބުރުގައި ވާދަކުރާ ފުވައްމުލަކު މާލެގަން ސްޕޯރޓްސް ކްލަބުގެ ސްކޮޑް އިއުލާން ކޮށްފިއެވެ.

Advertisement

މަޝްހޫރު ފުޓްސަލް ކޯޗު އިސްމާއިލް އިބްރާހިމް (އިސްމާ)ގެ ކޯޗު ކަމުގެ ދަށުން ނުކުންނަ މާލެގަން ޓީމުގެ ފާހަގަ ކުރެވޭ ތަރިންތައް ހިމެނެއެވެ. އެގޮތުން ފުރަތަމަ ޑިވިޝަނުގެ ޓީސީ ސްޕޯރޓްސް ކުލަބަށް ކުޅޭ ހުނަރުވެރި މިޑްފީލްޑަރު ސާދު ނިޒާރު އާއި ފުވައްމުލަކުގެ ފުޓްސަލްގެ ވަރުގަދަ ކުޅުންތެރިން ކަމަށްވާ އިބްރާހިމް އަރީޝް (އަރިއްޓޭ) އަލީފް އަހުމަދު(ލީފް) އާއި މުއާޒް އަހުމަދު (ސެވެންޓީ)ގެ އިތުރުން ޒަޔާން ޝަރީފު (ޕަބުއްކޮ) ވެސް ހިމެނެއެވެ.

މާލެގަން ޓީމުން މި މުބާރާތުގައި ވާދަ ކުރާނީ ޒޯން ބުރުގައެވެ. މި ޒޯނުން ދެން ވާދަ ކުރަނީ ސ. އަތޮޅުން މުބާރާތުގައި ބައިވެރިވާ ފޭދޫ ޓީމެެވެ. މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން އޮންނާނީ މާރޗް 15 ވަނަ ދުވަހުގެ ރޭ 21:15 ގައި ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައެވެ. ދެވަނަ މެޗު ކުޅޭނީ މާރޗް 18 ވަނަ ދުވަހުގެ ރޭ 20:15 ގައި ހަމަ އެ ދަނޑުގައެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު