Advertisement
Advertisement

ފުވައްމުލަކުގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އަޅަން ބީލަމަށް

ހަސަން ހައްސާމް

ފުވައްމުލައް ހިމެނޭ ގޮތަށް ސަރުކާރުން ރާއްޖޭގެ އަށް ސަރަހައްދެއްގައި އިމާރާތް ކުރަން ނިންމާފައިވާ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތައް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ލައިފިއެވެ.

Advertisement

ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރާ މި ކޮމްޕްލެކްސްގައި ހޭންޑްބޯލް، ނެޓްބޯލް، ވޮލީބޯލް އަދި ބާސްކެޓްބޯޅައިގެ ބައިނަލްއަގްވާމީ މުބާރާތްތައް ވެސް ކުޅެވޭނެ ކަމަށް މީގެ ކުރިން ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ ވިދާޅުވެފައެވެ.

އަދި މި ތަންތަން ފަރުމާކޮށްފައިވަނީ މިފަދަ ފެސިލިޓީއަކުން ކުޅުންތެރިންނަށް ބޭނުންވާނެ ވަސީލަތްތަކާއި، އަދި ކުޅިބަލަން ވަންނަ މީހުންނަށް ފަސޭހައިން ތިބެވޭނެ އިންތިޒާމްތަކާއެކު ކަމަށެވެ.

މި ސްޕޯޓްސް ކޮމްޕްލެކްސް ތަރައްގީކޮށް ނިމުމުން އެއް ފުރާޅެއްގެ ދަށުގައި ގިނަ ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ފުވައްމުލަކު ކުޅިވަރު ކުޅުންތެރިންނަށް ލިބިގެންދާނެއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު