މައިލޯ އެސޯސިއޭޝަން އެތްލެޓިކްސް ޗެމްޕިއަންޝިޕް އިން ފުވައްމުލަކު ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 3 ދަރިވަރަކު މެޑަލް ހޯދައިފި

މައިލޯ އެސޯސިއޭޝަން އެތްލެޓިކްސް ޗެމްޕިއަންޝިޕް މުބާރާތުން ފުވައްމުލަކު 3 ދަރިވަރަކު ކާމިޔާބީތަކެއް ހޯދައިފިއެވެ.

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އޯގަސްޓް 25 - 28 ގެ ނިޔަލަށް މާލޭގައެވެ. މި 3 ދަރިވަރުންނަކީވެސް ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ 3 ދަރިވަރުންނެވެ. މި 3 ދަރިވަރުން ވެސް ބައިވެރިވެފައިވަނީ ކްލަބް ކާމް ސްޕޯޓްސް ގެ ނަމުގައެވެ.

އަޙްމަދު ނޫޙް ވަލީދު ވަނީ އަންޑަރ 15 ގެ 200 މީޓަރ އިން ބްރޯންޒް އަދި 400 މީޓަރ އިން ސިލްވަރ މެޑަލް ހޯދާފައެވެ. އަޙްމަދު އާދީ ފުޢާދު ވަނީ އަންޑަރ 15 ގެ 800 މީޓަރ އިން ބްރޯންޒް އަދި 1500 މީޓަރ އިން 4 ވަނަ ހޯދާފައެވެ. އަދި ހަމަ މިއާއި އެކު މި މުބާރާތުގައި ދެން ބައިވެރިވި ފާތިމަތު މާޢީން ފަރީދު ވަނީ އަންޑަރ 15 ގެ 800 މީޓަރ އިން ސިލްވަރ އަދި 1500 މީޓަރ ރޭހުން ސިލްވަރ މެޑަލްވެސް ހޯދާފައެވެ.

މި 3 ދަރިވަރުންވެސް މިހާރު ވަނީ މުބާރާތް ނިމުމަށްފަހު ފުވައްމުލަކަށް ގޮސްފައެވެ. މި 3 ދަރިވަރުންނަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. އަދި އަތޮޅު ތަޢުލީމީ މަރުކަޒުން ވެސް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ސެޕްޓެމްބަރ 11 - 15 ގައި ގ.ދ އަތޮޅު ކައުންސިލުން ވެސް ވަނީ ކައުންސިލް އެތްލެޓިކްސް ޗެމްޕިއަންޝިޕް ގެ ނަމުގައި އެތްލެޓިކްސް މުބާރާތެއް ބާއްވަން ނިންމާފައެވެ. މިހާރު މި މުބާރާތަށްވެސް ފުވައްމުލަކު ސްކޫލްތަކުން ބައިވެރި ވުމަށް ޕްރެކްޓިސް ވެސް ކުރަން ވަނީ ފަށާފައެވެ. މީގެ އިތުރުން 13 ވަނަ މަކިޓާ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕް ގެ ނަމުގައި ގ.ދ ތިނަދޫގައި ވެސް ވަނީ މުބާރާތެއް ބާއްވަން ނިންމާފައެވެ. މި މުބާރާތް އޮންނާނީ 9 - 13 އޮކްޓޯބަރ 2022 އެވެ. މި މުބާރާތަށްވެސް ފުވައްމުލަކު ސްކޫލްތަކުން ބައިވެރިވާނެ ކަމަށް އުންމީދު ކުރެވެއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު
ދިޔާނާ
ކޫދުންގެ ނަން ރަންގަޅާށަ ލޭބެލައު
ކޮންމިއަސް މީހެއް
ކޮން ކޫދަކުގެ ނަން ނިބައި ކޮހޮ އޯތީ ދިޔާނާ؟