Advertisement
Advertisement

ތާޒްޑޭ ނައިޓުން ކާއްޓޭ ފެންނަނީ!

ފޮޓޯ - ގޫގުލް އިމޭޖެސް ފޮޓޯ - ގޫގުލް އިމޭޖެސް

ދިވެހީންގެ ތެރޭގައި މަޝްހޫރު "ކާއްޓޭ ޑި ވާންޗޯ" ތާރޒްޑޭ ނައިޓުން ފެނިގެންދާނެ ކަމަށް މި އިވެންޓް ކުރިއަށް ގެންދާ ފަރާތުން ބުނެފިއެވެ. 

Advertisement

އެފަރާތުން ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތާޒްޑޭ ނައިޓަކީ ވަރަށް ޚާއްސަ ނައިޓަކަށް ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން މި ޝޯވް ހޯސްޓު ކުރަން ކާއްޓޭއާއި ވާހަކަ ދެކެވިފައިވާ ކަމަށެވެ.

ކާއްޓެ އަކީ ހެއްވާ މަޖާ ވީޑިއޯ ތައް އޭނަގެ އަމިއްލަ އިންސްޓަގްރާމް ގައި ޕޯސްޓް ކޮށްގެން ވަރަށް ގިނަ ދިވެހިންގެ މަގްބޫލްކަން ހޯދާފައިވާ ފަރާތެކެވެ. ކާއްޓޭގެ އިންސްޓަގްރާމް ގައި މިހާރުވެސް 26,000 ވުރެ ގިނަ ޕޮލޯވާރސް އެބަތިއްބެވެ. މި ޝޯވްގައި ކާއްޓޭގެ ވަރަށް ޚާއްސަ ހެއްވާ މަޖާ ކަންތައްތަކެއް މިރޭ ފެނިގެން ދާނެކަމަށް މައުލޫމާތު ލިބެއެވެ. 

މި އިވެންޓް ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ފަރާތުން ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ކާރު އަދި ސައިކަލް ސްޓަންޓް ގެ އިތުރުން ކުޅިބަލަން އަންނަ މީހުނަށް ތަފާތު ހުނަރުވެރިންގެ ހުނަރު ފެނިގެންދާކަމަށެވެ. މި ހަރަކާތް ކުރިއަށްދާނީ މާލެއިން ހުޅުމާލެ އަށް އަރާއިރު ހުޅުމާލެ ވިލާ ޝެޑް ކާރި ސަރަހައްދެއްގައި އެވެ.


Advertisement
ކިޔުންތެރިންގެ ހިޔާލު