Advertisement
Advertisement

ކާމިޔާބު ކޮންމެ ފިރިއެއްގެ ފަހަތުގައި ރަނގަޅު އަންހެއްގެ އެހީތެރި ކަމުގެ އަތެއްވާނެއެވެ

އަހުމަދު މިސްބާހް މުނީރު

އެއް ދުވަހަކު ފަތުރުވެރިންގެ އޮޅިއެއް ކިނބޫ ބަލާލަންވެގެން ކިނބޫ ދިރިއުޅޭ ކޯރަކަށް ދިޔައެވެ. އެމީހުން ދިޔައީ ފެންމަތީގައި އޮންނަގޮތަށް ހަދާފައިވާ ކަނދުފައްޗެއް ކަހަލަ އެއްޗެއްގައެވެ. ފަތުރުވެރިންގެ އޮޅިއަށް ކިނބޫ ކޯރުގެ މެދާ ހިސާބަށް ދެވުނު އިރު އެ ކަނދުފަތީގެ ވަށައިގެން ތިބީ ހުސް ކިނބުލެވެ. އެވަގުތު އެމީހުންގެ ތެރޭގައި ހުރި ސައުދާޤަރަކު ގޮވައިލިއެވެ. މި ވަގުތު ކޯރަށް ފުންމާލައިގެން ފަތާފައި އެއްގަމަށް އެރި މީހަކަށް ދިހަ މިލިއަން ޑޮލަރު ދޭނަމެވެ. އިރުކޮޅަކަށް މުޅި ކަނދުފަތީގައި ހަމަހިމޭންކަން ވެރިވިއެވެ.

Advertisement

ކުއްލިއަކަށް އެކަކު ކަނދުފަތިން ފުންމާލިއެވެ. ކިނބޫތައް އޭނާގެ ފަހަތުން ދިޔަނަމަވެސް އޭނާ ފެތިލެއް ބާރުކަމުން އެއްވެސް ކިނބުލަކަށް އޭނާ އަތުވާގޮތެއް ނުވިއެވެ. ކޮންމެއަކަސް އޭނާ ސަލާމަތުން އައްސޭރިއަށް ހިގައްޖެއެވެ. އެވަގުތު އެއްކަލަ ސައުދާޤަރު އިޢުލާން ކުރިއެވެ. ދިހަ މިލިއަން ޑޮލަރު އެކަކު ކާމިޔާބުކޮށްފިއެވެ.

ދިހަ މިލިއަން ޑޮލަރުގެ ޗެކު ސައުދާޤަރު އަތުން ހޯދައިގެން އޭނާޔާ އޭނާގެ އަންހެނުން އެމީހުން ތިބޭ ހޮޓަލުގެ ކޮޓަރިއަށް ގޮސްފިއެވެ. އޭނާގެ އަންހެނުންގާތު އޭނާ ބުންޏެވެ. އަސްލު އަހަރެން ފުންމާލީކީ ނޫނެވެ. ކޮންމެވެސް މީހަކު އަހަރެން ކޮއްޕާލީއެވެ.

އޭނާގެ އަންހެނުން ހީލާފައި މަޑުމަޑުން ބުންޏެވެ. އެއީ އަހަރެންނެވެ.

ޢިބުރަތް: "ކާމިޔާބު ކޮންމެ ފިރިއެއްގެ ފަހަތުގައި އަބަދުވެސް އަންހެނެއްގެ އެހީތެރިކަމުގެ އަތެއްވާނެއެވެ..."









ތަރުޖަމާ: އަހުމަދު މިސްބާހު މުނީރު 

ކިޔުންތެރިންގެ ހިޔާލު