މަކިޓާ 15 ވަނަ ޤައުމީ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް ރަސްމީކޮށް ހުޅުވުން މިރޭ

މަކިޓާ 15 ވަނަ ޤައުމީ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް ފެށިގެން ކުރިއަށް ދަނީ މަކިޓާ 15 ވަނަ ޤައުމީ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް ފެށިގެން ކުރިއަށް ދަނީ

ދިވެހިރާއްޖޭގެ ސްކޫލްތަކާއި ކްލަބްތަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ބާއްވާ މަކިޓާ 15 ވަނަ ޤައުމީ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް އަންނަ ހޮނިހިރު ދުވަހު (މިރޭ) ފުވައްމުލައް ސިޓީގައި ފެށޭނެއެވެ. 

މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 އިން 23އަށެވެ.



29 ޓީމަކުން ބައިވެެރިވެފައިވާ މިއަހަރުގެ މުބާރާތުގައި ޖުމްލަ 867 އެތުލީޓުން ވާދަކުރާނެއެވެ. ޓްރެކް އަދި ފީލްޑް އިވެންޓުތައް އޮންނަ މިމުބާރާތުގައި ތަފާތު 112 އިވެންޓެއްގައި މިމުބާރާތުގައި އެތުލީޓުން ވާދަކުރާނެއެވެ.



ފުވައްމުލައް ސިޓީއަށް މިހާރު މުބާރާތުގައި ވާދަކުރާ އެތުލީޓުން އަންނަން ފަށައިފައިވާއިރު ފުވައްމުލައް ސިޓީ ކައުންސިލާއި، ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މިސިޓީގެ ސްކޫލްތައް ގުޅިގެން ރަށަށް އަންނަ އެތުލީޓުންނަށް އަންނަނީ ހޫނު މަރުހަބާއެއް ކިޔަމުންނެވެ.



މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ އެސް.ޓީ.އޯއިން ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ މަކިޓާ ޓޫލްސް މަރުކާއެވެ. ކޯ-ސްޕޮންސަރ އަކީ ޓިނު އުފެއްދުމުގެ މަސައްކަތްކުރާ މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑްއެވެ. ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކީވެސް މިމުބާރާތުގެ ސްޕޮންސަރއެކެވެ.



ފުވައްމުލައް
ސްޓޭޑިއަމްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތް ފުވައްމުލައް
ސިޓީ ކައުންސިލް ފޭސްބުކް ޕޭޖްއިން ލައިވްކުރާނެއެވެ. މިި މުބާރާތަކީ ފުވައްމުލައް
ސިޓީ ކައުންސިލާއި އެތުލެޓިކްސް އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދާ
މުބާރާތެކެވެ.
Advertisement
ކިޔުންތެރިންގެ ހިޔާލު