ގެއްމިސްކިތް މަގުގެ މަސައްކަތް ފެށިގެން ކުރިއަށް އެބަދޭ

1.2 ކިލޯމީޓަރު ގެތްމިސްކިތް މަގުގެ މަސައްކަތް ފެށިގެން ކުރިއަށް ދާކަން ހާމަކުރީ މިއަދު ފުވައްމުލަކު ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ކައުންސިލްގެ ޑިރެކްޓަރު މަސީހުއެވެ.
އިއްޔެ ވަނީ އެމްޓީސީސީގެ އިންޖިނިއަރިންގ ޓީމެއް ވަނީ އައިސްފަ، ސްޓޯމް ވޯޓަރ އެޅުމުގެ ޑިޒައިނިން މަސައްކަތް ވެސް އެބޭފުޅުން މިހާރު ވެސް ކުރިއަށް ގެންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިހާރުވެސް 8 މަގެއް ހެދުމުމުގެ މަސައްކަތް ކުރިއަށް ހިނގަމުންދާ ކަމަށް މަސީހު ވިދާޅުވިއެވެ. އަދި މި 8 މަގަކީ މުޅި ޕްރޮޖެކްޓް ގެ 60 ޕަސެންޓް ކަމަށާއި ފިނިވާމަގު އަދި އޯކިޑް މަގު ސެޓްލްމަންޓް، ކޭބަލް ޕިޓް އިންސްޓޯލް އަދި ކާވްސްޓޯން ގެ 98 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ވެސް މަސީހު ވިދާޅުވިއެވެ. ހުސްނުހީނާ މަގުގެ 40 ޕަސެންޓް ސެޓްލްމަންޓް މަސައްކަތް ވެސް ވަނީ ނިމިފައި، ކޭބަލް ޕިޓް 51 ޕަސެންޓް ނިމިފައި. އޭގެ ސަބަބުން މަގުމަތީގައިއާއި ރަށުތެރޭގައި ފެންބޮޑުވުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެން ދާނެ ކަމަށްވެސް ވިދާޅުވި އެވެ. މި ފެން ބޭރުކުރާ ނިޒާމުން ރަށުގެ ފެން ބޭރު ކުރާނީ ވަރަށް ބޮޑަށް ވާރޭވެހި ފެންބޮޑުވުމުން ކަމަށްވެސް ޑިރެކްޓަރު ވިދާޅުވިއެވެ.