Advertisement
Advertisement

ފުވައްމުލަކުގައި މަގުހަދަން ގެންގޮސްފައި ހުރި ބައެއް ގާތަށް ރަށުން ބޭރުކުރާތީ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން

ފުވައްމުލަކުން ބައެއް ސާމާނު ގެންދަން ލޯޑް ކުރަނީ ފުވައްމުލަކުން ބައެއް ސާމާނު ގެންދަން ލޯޑް ކުރަނީ

ފުވައްމުލަކުގައި މަގުހަދަން ގެންގޮސްފައި ހުރި ބައެއް ގާތަށް ރަށުން ބޭރުކުރާތީ ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. 

Advertisement

މިކަމާއި ގުޅޭގޮތުން ބަހެއް ލިބޭތޯ ކައުންސިލްގެ މޭޔަރ އިސްމާއިލް ރަފީޤް އާއި ގުޅާލުމުން ވިދާޅުވީ ތިކަމުގެ ޝަކުވާ ލިބިފައިވާކަމަށާއި ނަމަވެސް  އެމްޓީސީސީއިން ގާތަކެއް ބޭރު ކުރިޔަސް ފުވައްމުލަކުގެ މަގު ހެދުމުގެ މަސައްކަތަށް އެއްވެސް ބުރުލެއް ނާރާނެ ކަމުގެ ޔަގީންކަން އެމްޓީސީސީއިން ދީފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ގާތަކެއް ފުވައްމުލަކަށް ގެނެވުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ.

ފުވައްމުލަކުގެ މަގުތަށް ރަނގަޅު ފެންވަރަކަށް ތާރު އަޅައިގެން ހެދުމަށް އެމްޓީސީއާއި މިސަރުކާރުން ހަަވާލު ކުރިފަހުން ވަނީ ގިނަ މަގުތަކެއްގައި ކާވްސްޓޯން އަޅާ ހޮޅިވެސް އަޅާފައެވެ. ނަމަވެސް މިހާރު ކައުންސިލުގެ އެދުމުގެ މަތިން ގިނަ މަގުތަކެއްގެ ޑިޒައިނިން އަދި މަސައްކަތްތަކަށް ބޮޑެތި ބަދަލްތަކެއް ގެންނަން ޖެހި އަދި އެކަމަށް ބޭނުންވާނެ ސާމާނު ގެނެވުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އިތުބާރު ހުރި ފަރާތަކުން "ރަށިކަބަރޮ" އަށް މަައުލޫމާތު ދެއްވިއެވެ. އެގޮތުން އިތުރަށް ސްޓޯމް ވޯޓާރ ހޮޅިއެޅުމަށްފަހު ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް އެފަރާތުން މަޢުލޫމާތު ދެއްވިއެވެ.

މިފަދަ ބޮޑެތި މަޝްއޫތަށް ކުރިއަށްދާ އެއް ރަށުން އަނެއް ރަށަށް އެއްޗިހި ބަދަލު ކުރުމަކީ އާއްމުކަމެކެވެ. ބައެއް ފަހަރު އެއް ރަށުގައި މަސައްކަތް ކުރާ ވެހިކަލެއް ހަލާކުވެ ކަމެއް ދިމާވުމުން ކާރީގައި މަސައްކަތް ކުރާ ސައިޓަކުން ގެންދިއުމަކީ އަބަދުވެސް ކަން ކުރާ އުސޫލެކެވެ. ނަމަވެސް މިކަމުގެ ސަބަބުން އަނެއް ސައިޓުގެ މަސައްކަތަށް މާބޮޑު ބުރުލެއް ނާރާނެ ގޮތަކަށް ބެލުމަށްފަހު ނޫނީ އެގޮތަށް އަމަލު ނުކުރެއެވެ. އަދި އެއީ ރައްޔިތުންވެސް އެދޭނެ ގޮތެއް ނޫނެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު