Advertisement
Advertisement

ފުވައްމުލަކުގައި އައިސީޓީ ޕާރކް އެޅުމަށް ބިން ވަނީ މިނިސްޓްރީއާއި ހަވާލު ކުރެވިފައި

މުހައްމަދު ޝަހީދު

ފުވައްމުލަކުގައި އައިސީޓީ ޕާރކް އެޅުމަށް ބިން ވަނީ މިނިސްޓްރީއާއި ހަވާލު ކުރެވިފައި ކަމަށް ފުވައްމުލައް ސިޓީގެ ޑިރެކްޓަރ ޖެނެރަލް އަހްމަދު ނިޖާހު ވިދާޅުވެއްޖެއެވެ.

Advertisement

 ނިޖާހު މިހެން ވިދާޅުވީ ރޭ ފުވައްމުލަކު ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަށިކަބަރޮ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ނިޖާހު އިތުރަށްވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާގެ ވަޢުދު ފުޅުގައި އައިޓީސީ ދާއިރާއިން ފުވައްމުލަކަށް ދެކަމެއް ކޮށްދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ފުވައްމުލަކުގައި އައިޓީސީ ގެ ކެމްޕަސްއެއް ބިނާކުރުމާއި، އައިޓީސީ ޕާރކެއް އެޅުން ހިމެނެއެވެ. އެގޮތުން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ކެމްޕަސް އެޅުމަށް ހަމަޖެހި އެކަމުގައި އިމާރާތެއް ހަމަޖެހި އެ އިމާރާތް މިހާރުވަނީ ކައުންސިލުން އެމް އެން ޔޫ އާއި ހަވާލުވެސް ކުރެވިފައެވެ. އެކަމަށް ހަމަޖެހިފައިވާ ބިމަކީ ކުރީގެ އުލާމް ޕްރީ ސްކޫލް ކުރިން ހިންގި އިމާރާތެވެ. މިތަން ހުންނަނީ ދަނޑިމަގު އަވަށު ގެތްމިސްކިތް ކާރީގައި ހުންނަ ތަނެވެ. އަދި އެތަނުގައި ހިންގަން ހަމަޖެހިފައިވާ ކޯސްތަކެއްވެސް ވަނީ ކައުންސިލުގެ ފޭސްބުކް ޕޭޖްގައި ޝެއާރ ކޮށްފައެވެ. ދެން އޮތީ ފުވައްމުލަކުގައި އައިޓީ ޕާރކެއް އެޅުމެވެ. މިކަމަށްވެސް ބޭނުންވާ ބިން ފާހަނގަ ކުރެވި މިހާރު ވަނީ މި ބިންވެސް މިނިސްޓްރީ އަށް ލިއުމުން ހަވާލުކުރެވިފައި ކަމަށް ނިޖާހު ވިދާޅުވިއެވެ. އިތުރަށް ނިޖާހު ވިދާޅުވީ ކުރީގެ ޢިޖުތިމާއީ މަރުކަޒު ހުރި ބިމަކީ މިކަމަށް ޚާއްސަ ކޮށްފައިވާ ތަނެކެވެ. ނަމަވެސް މިކަމުގައި މިއަދާއި ހަމަޔަށް ވަނީ އަމަލީ ސިފައެއްގައި އެއްވެސް ކަމެއް ނުކުރެއެވެ.

ފުވައްމުލަކަކީ ނިސްބަތުން އައިޓީ ދާއިރާގައި ގިނަ ބަޔަކު މަސައްކަތް ކުރަމުންދާ ރަށެއްކަން ގިނަ ބަޔަކު ގަބޫލް ކުރެއެވެ. އެހެން ކަމުން ފުވައްމުލަކަށް ޚާއްސަ މި ދާއިރާއިން ކުރިއަށް ދިއުމުގެ ވިސްނުން ހުރި ސްކޫލް ނިންމާ ކުދިންނަށް ރަށުން ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަން ފާހަނގަ ކުރެވެއެވެ. ނަމަވެސް މި ސަރުކާރަށް 3 އަހަރު ވާން ކާރިވެފަ ހުރި އިރު އަދިވެސް މިކަމުގެ އަމަލީ އެއްވެސް މަސައްކަތެއް ނުކުރެވި ވާނުވާ ނޭގި ވުމަކީ ފުވައްމުލަކު ރައްޔިތުން ނުހަނު ކަންބޮޑުވާ މައްސަލައެކެވެ. ނަމަވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުން މިކަމާއި ބެހޭ އެއްވެސް މަޢުލޫމާތެއް ފުވައްމުލަކު ރައްޔިތުންނާއި ހިއްސާ ކޮށްފައި ނުވާކަންވެސް ފާހަނގަ ކުރެވެއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު