ފުވައްމުލަކުގެ އާބާދީ 13،000 މަތީގައި

ފުވައްމުލަކުގެ އާބާދީ އަކީ މިހާރު 13،290 ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފިއެވެ.
ތަފާސް ހިސާބުން ދައްކާގޮތުގައި ފިރިހެނުންގެ އާބާދީ އަކީ 6768 އެވެ. އެއީ މުޅި އާބާދީގެ %51 އެވެ. އަންހެނުންގެ އާބާދީއަކީ 6522 އެވެ. އެއީ މުޅި އާބާދީގެ %49 އެވެ. އެހެންކަމުން އަންހެނުންނަށްވުރެ ފިރިހެނުންގެ އާބާދީ ގިނައެވެ.
ތަފާސް ހިސާބު ދައްކާގޮތުން އެންމެ އާބާދީ ބޮޑީ މިސްކިތްމަގާއި ދޫނޑިގަމެވެ. މިސްކިތްމަގުގެ އާބާދީ އަކީ 2052 އެވެ. ދޫނޑިގަމުގެ އާބާދީ އަކީ 2169 އެވެ. އެހެންކަމުން ފުވައްމުލަކުގެ އެންމެ އާބާދީ ބޮޑުކަމަށް ދައްކަނީ ދޫނޑިގަމެވެ. މި މަޢުލޫމާތަކީ 30 ޖޫން 2021 އާއި ހަމަޔަށް ނަގާފައި ހުރި މަޢުލޫމާތެކެވެ.
01 ޖެނުއަރީ 2021 އިން ފެށިގެން 30 ޖޫން 2021 އާއި ހަމަޔަށް ލިބިފައިވާ ތަފާސް ހިސާބުތަކަށް ބަލާލާއިރު 106 މީހުން އުފަންވެފައިވާއިރު 20 މީހުން މަރުވެފައިވެއެވެ.