Advertisement
Advertisement

މިއަދު ހެނދުނު ފުވައްމުލަކުގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ކޮޓަރި ބޭނުން ނުކުރެވޭވަރަށް ހަލާކުވެއްޖެ

ފޮޓޯ: ފޭސްބުކް ފޮޓޯ: ފޭސްބުކް

ފުވައްމުލަކު ހޯދަޑު ވަނަވަރު ގޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވި ކަމުގައި ވިޔަސް ބޭނުން ނުކުރެވޭ ވަރަށް އެތެރޭގައި ތިބި ހުރިހާ ތަކެއްޗެއް ހަލާކުވެފައިވާ ކަމަށް ފުވައްމުލައް ސިޓީގެ ކައުންސިލަރ އަބްދުﷲ ނާސިރު ވިދާޅުވެއްޖެއެވެ.

Advertisement

މިހާދިސާ ހިގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މިހާދިސާ ހިނގި ވަގުތުގައި ކޮޓަރީގައި އެއްވެސް މީހަކު ނޫޅެއެވެ. މިހާދިސާގައި އެ ގެއަށް ލިބިފައިވަނީ މާލީގޮތުން ކިހާވަރެއްގެ ގެއްލުމެއްކަން އަދި ސާފެއް ނުވެއެެވެ. ނަމަވެސް ކޮޓަރީގައި ހުރި ހުރިހާއެއްޗެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަލިފާން ނިއްވާލާފައިވަނީ ފަޔަރ އެންޑް ރެސްކިއު ސާވިސެސްއާއި މޯލްޑިވްސް ޕޮލިސް ސާވިސެސް ގެެ އެހީތެރިކަމާއި އެކުގައި ކަން ކައުންސިލަރ ފާހަނގަ ކުރެއްވިއެވެ.

ފުވައްމުލަކަކީ ދޭތެރެ ދޭތެރެއިން އަލިފާނުގެ ހާދިސާ ހިނގާ ރަށެއްކަން ފާހަނގަ ކުރެވެއެވެ. އަދި މިފަދަ ހާދިސާތަކުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުގެ އެހީތެރިކަން ވަރަށް ފާހަނގަ ކުރެވެއެ. ފުވައްމުލަކުގައި މިހާރު ފަޔަރ ސްޓޭޝަނެއް ހުރެއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު