Advertisement
Advertisement

ފުވައްމުލައް ސިޓީ ސްޓޭޑިއަމް ގެ ފުޓްސަލް ދަނޑު ހުޅުވަނީ

ފުވައްމުލައް ސިޓީގެ ސްޓޭޑިއަމްގައި ހަދާފައިވާ ފުޓްސަލް ދަނޑު މިއަދު ހަވީރު ހުޅުވާގޮތަށް ނިންމައިފިއެވެ. ސިޓީކައުންސިލުގެ ރަސްމީ ފޭސްބުކް ޕޭޖުގައިވާގޮތުން މި ރަސްމިއްޔާތުގައި ސިޓީ ޕޮލިސްއާއި ފުވައްމުލައް ސިޓީ ކައުންސިލްއާއި ކުޅޭ އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއްވެސް އޮންނާނެކަމަށެވެ.

Advertisement

މި މެޗް ފެށޭނީ މިއަދު ހަވީރު 4 ޖަހާއިރުކަމަށްވެސް މިޕޯސްޓްގައި ވެއެވެ. މި މެޗަކީ ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތާއި ގުޅުވައިގެން ބާއްވާ މެޗެކެވެ.

މި ދަނޑަކީ ފުވައްމުލަކު ސިޓީ ކައުންސިލުން ހަދާ ނިންމާފައިވާ ދަނޑެކެވެ. ނަމަވެސް މި ދަނޑުގެ މަސަތްކަތަށް ބޭނުންވާ ގިނަ ސާމާނުތަކެއް މެމްބަރ ހުސެން މުޙައްމަދުގެ އެހީތެރިކަމާއިއެކު ޔޫތް މިނިސްޓްރީއިން ވަނީ ހޯދައިދީފައެވެ. މި ދަނޑުގެ މަސައްކަތް އެކިފަހަރުމަތިން ކުރަމުން އައިސް އެކި ސަބަބުތަކާއި ހެދި މެދުކެނޑިފައިވާ ކަން ފާހަނގަ ކުރެވެއެވެ. ނަމަވެސް މިހާރު މިދަނޑު އެއްކޮށް ނިންމާލެވިގެން ދިއުމަކީ ރަށު ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމެއްކަން ޔަޤީނެވެ.

މިދަނޑުގައި މިރޭއިން ފެށިގެން ފުޓްސަލް ބޮޑު މުބާރާތެއް ފެށިގެންދާނެއެވެ. އެގޮތުން ޖުމްލަ 15 ޓީމް ބައިވެރިވާއިރު، މުޅި ޖުމްލަ 30 މެޗް ކުޅެވޭނެއެވެ. އެއީ ކޮންމެ ރެއަކު 2 މެޗް ކުޅެގެންނެވެ. ރޭގަނޑު ފުރަތަމަ މެޗް ފެށޭނީ 08:30 ގައެވެ. އަދި ދެވަނަ މެޗް ފެށުމަށް ހަމަޖެހިފައިވަނީ 09:40 ގައެވެ. މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އެފްސީ ދޫނޑިގަލޯނާ އާއި ހޯދަޑު ސްޕޯޓްސް ކްލަބް އެވެ. މި މުބާރާތަށް މިހާރު ވަނީ ފުޓްސަލް ކިންގުން ތަކެއް އެކި ރަތްރަށުން ފުވައްމުލަކަށް އައިސްފައެވެ. މި މުބާރާތަކީ ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. 


Advertisement
ކިޔުންތެރިންގެ ހިޔާލު