Advertisement
Advertisement

އަޅާނިލާ ދޫކޯލުމުގެ ސަބަބެން ފުޓްސަލް ދަނޑި ކާޕެޓް މައްތެން ވިނަ ގެހެ ފަޑާގެ

ފޮޓޯ: ހަސަން ނާޝިދު ފޮޓޯ: ހަސަން ނާޝިދު

ފުވައްމުލަކި އޮއް އެންމެ ބޮޮނޑޮ ދަޑި އެތެރެ އޮއް ފުޓްސަލް ދަނޑޮ ހަދާ ނިނިމެނީ ވިނަގެހެ ފަޑާގެ.

Advertisement

 މިތަނަކީ ނިމީގެންގޭ ކައުންސިލް ދައުރެ ހަދަންނަ ފަށާ ބައެއް ސާމާން ނިލިބީގެން އެތެއް ދުވަހަ ވެންދެކަހަ މަސައްކައް ނިކޯ ހުއްޓާލާ އޮވެފޭ އަލް ކައުންސިލް އާހޮގެން މަސައްކަތް ފެށިޔަސް  ފެނީގެން މިއެނީ ވަރަހަ ދެރަވަރޮ ކަމެއް. ދަޑި އެތެރެ އެޑާފޭ އޮއް ކާޕެޓް މައްތެން ވިނަ ހެދީފޭވޭ މަންޒަރޮ މިކަލް ސޯޝަލް މީޑިއާއެ އެނީ ދައޮރޮވެމުން.

މިކަމަކީ ދައޮލަތި ބަޖެޓެން ބޮނޑޮ ހޭދާއް ވޭ ކަމެއްކަލް ކައުންސިލެން އަޅާނިލުމުގެ ސަބަބެން މިކަލް މިވެނީ ކާޕެޓް މައްތެން ވިނަ ގެހެ ފަޑާފޭ ކަން ފާހަނގަ ކޯލަންނަ ޖެހޭ. މި ދަނޑި ކާޕެޓް ހަދަންނަ ފެށީކަލަސް ރަށި ބައެއް ޒުވާނުން ގޭއީ ދަނޑޮ ހެދުމުގެ ފެންވަރޮ ދެރަ ކަމަހަ ބެނެ ފޭސްބުކެ ޝެއާރ ކެރަމުންް. އެކަލަސް އަޑިގުޑަން ހެއުނިކޯ އަޑިއެން ވިނަ ގެހެ ނިފަޑަންނެން ގޮތަހަ ކަންތެތި ނިކޯގެން މީހުން ވަރަހަ ވާހަކަ ދެއްކީ ކަމަހަވޭ. އެހެންފަހެނާސް މާކަ ބޮނޑޮ ކަމައް ވީހެން ހީނިވޭ.

މިކަންމާ ބެހޭގޮތެން ރަށިގެ ޒުވާނަކުއާ ސުވާލް ކޯލުންމާ ބެނީ، ބަޖެޓްނެތައެ ކޭފޭ ހުއްޓާލިއައެ ކޭ އަޑޮ ތިޔަ އިވޭއައެ. 

މިކަންމާ ގުޅީގެން ކައުންސިލެ ބަހައް ހުވައްނަ ކައުންސިލެ މޭޔަރ އިސްމާއިލް ރަފީޤުށަަ ގުޅުންމާ ބެނީ ކާޕެޓް އެޑަންނަ ބޭނުންކެރާ ތެރެސް ހުސްވެފޭ ހިށެގެނައެ މަސައްކައް ހުއްޓީފޭ ހީށީ. މިކަލް ބޯޓުފަހަރެން ލިބެންނެނައެ. 

މިތަން މިގޮތަހަ އޮވެ ހަލާހިކިވެގެން އެބަގޭއްމާ ކިތެއް ލައްކަ ރުފިޔާ ބޭކާރޮވެގެން މިއެނީ؟ މިގޮތަހަ ދޫކޯނިލާ ނިލިބީގެން ހިނގާ އެއްތައް ލިބެންދެކަހަސް މި ކާޕެޓް ނަގާގެން ގޮހޮ ރައްކަލް ކޯފޭ ބޭވީއެއްނެން ކަމަސް ރަނގަޅަވެއްނެންހެން ހީވޭ.



Advertisement
ކިޔުންތެރިންގެ ހިޔާލު