Advertisement
Advertisement

ފުވައްމުލަކު ނޭޗަރ ޕާރކް ސަރަހައްދުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

ފުވައްމުލަކު ނޭޗަރ ޕާކުގައި މިއަދު ރޯވި އަލިފާންގަނޑު ނިއްވާލަން ގިނަ ބަޔަކު ހަރަކާތްތެރި ވަނީ ފުވައްމުލަކު ނޭޗަރ ޕާކުގައި މިއަދު ރޯވި އަލިފާންގަނޑު ނިއްވާލަން ގިނަ ބަޔަކު ހަރަކާތްތެރި ވަނީ

ފުވައްމުލަކު ނޭޗަރ ޕާރކް ސަރަހައްދުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ. މިއަދު މެންދުރުގެ ވަގުތެއްގައި އަނދަންފެށި އަލިފާންގަނޑުު ނިއްވާލެވިފައިވަނީ ހަވީރުގެ ވަގުތެއްގައެވެ.

Advertisement

މި އަލިފާންގަނޑު ނިއްވާލަން ރަށުގެ އެކި އެކި މުއައްސަސާތަކުން ވަނީ އެއްބާރުލުން ދީފައެވެ.


އެގޮތުން ފުވައްމުލަކު އެމްއެންޑީއެފް ފަޔަރ ސްޓޭޝަންސް، އެމްޓީސީސީ، ސިޓީ ކައުންސިލް، ޕޮލިސް ސާވިސް އަދިވެސް މީގެ އިތުރުން ވެސް ރަށުގެ ގިނަ ރައްޔިތުން ހަރަކާތްތެރި ވިއެވެ. ސިޓީ ކައުންސިލްގެ މޭޔަރ އިސްމާއިލް ރަފީޤް ވަނީ މި ހުރިހާ ފަރާތްތަކަށް އެމަނިކުފާނުގެ އަމިއްލަފުޅު ފޭސްބުކް އެކައުންޓް މެދުވެރިކޮށް ޝުކުރުވެސް އަދާކޮށްފައެވެ.

ފުވައްމުލަކުގައި ދެ ކުޅި އޮވެއެވެ. ދޭތެރެ ދޭތެރެއިން ފުވައްމުލަކު ކުޅީގައި އަލިފާނުގެ ހާދިސާތަށް ހިގައެވެ. ކޮންމެ ފަހަރަކުވެސް އެއްކޮށް ހެން އަނދާ ހުލިވެއެވެ. ނަމަވެސް މަހެއްހާ ދުވަސްވާއިރު އަލުން ކުރިން ހުރިގޮތަށް ބަދަލުވާން ފަށައެވެ.

ބައެއްފަހަރު ބައެއް މީހުންގެ ނޭދެވޭ އަމަލުގެ ސަބަބުން ވެސް މިފަދަ ހާދިސާ ހިނގަން މެދުވެރިވެއެވެ. އަދި މިކަމަކީ އެކަމުގެ ސަބަބުން އަސަރަހައްދުގައި ދިރިއުޅޭ ގިނަ ދޫނި ސޫފާސޫފިއަށް ނުރައްކާވާނެ ކަމެކެވެ. ފުވައްމުލަކުގެ މިސަރަހައްދުގައި ހިމާޔަތް ކުރެވިފައިވާ ބައެއް ދޫނި އުޅޭކަން ވެސް ފާހަނގަ ކޮށްލަން ޖެހެއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު