Advertisement
Advertisement

ފުވައްމުލަކުގެ ޗަކަބިންތަކާއި ނޭޗާރ ޕާރކް ސިޓީ ކައުންސިލްގެ ދަށަށް ބަދަލްކުރަނީ - މޭޔަރ

މުހައްމަދު ޝަހީދު
ފުވައްމުލަކު ދަނޑިމަގު ކުޅި ފުވައްމުލަކު ދަނޑިމަގު ކުޅި

ފުވައްމުލަކުގެ ޗަކަބިންތަކާއި ނޭޗާރ ޕާރކް ފުވައްމުލައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލްކުރަން ނިންމައިފިއެވެ.

Advertisement

 މިގޮތަށް ނިންމާފައިވާ ކަމަށް ހާމަކުރީ ކައުންސިލް ފޭސްބުކް މެދުވެރި ކުރައްވައި މޭޔަރ އިސްމާއިލް ރަފީޤް ދެއްވި މެސެޖްގައެވެ.

މިކަމާއި ގުޅޭގޮތުން މޭޔަރ އާއި ގުޅާލުމުން ވިދާޅުވީ އެކަން އެގޮތައް ކުރުމަށް މިނިސްޓްރީން ނިންމާފައިވާކަމަށެވެ. އެގޮތުން ކުރިއަށް އޮތް 3 މަސްދުވަސް ތެރޭގައި ނޭޗާރ ޕާރކް ތަކާއި އަދި މިނޫނަސް އެންވާރމެންޓް މިނިސްޓްރީން ބަލަހައްޓަމުން ގެންދިޔަ ތަންތަން ކައުންސިލަށް ބަދަލު ކުރުމުގެ ކަންކަން ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ތަނުގެ ހުރި އެސެޓްސް ތަކާއި މުއައްޒަފުންވެސް ކައުންސިލަށްގެ ދަށަށް ބަދަލު ކުރުމުގެ އެންމެހާ ކަންކަން 3 މަސްތެރޭ ނިންމަން ހަމަޖެހިފައިވާ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަދާފައިވާ ނޭޗާރ ޕާރކް އަކީ މިހާރުވެސް ރަށުގެ ރައްޔިތުންގެ އިތުރުން ރަށަށް އެކި ބޭނުންތަކުގައި ޒިޔާރަށް ކުރާ އެކި ފަރާތްތަކަށް ވަރަށް މަޤްބޫލް ތަނަކަށް ވަނީ ވެފައެވެ. މިތަން ނޭޗަރ ޕާރކް އެއް ގޮތަށް ހެދުމުގެ ކުރިންވެސް މި ކުޅިއަކީ ގިނަ ރައްޔިތުން ތަކެއް ރައްޓެހިންނާއި އެކު މަޖާކޮށްލަން ދާ ތަނެކެވެ. ނަމަވެސް މިހާރު ކޮންމެ ކޮންމެ ގަޑިއަކު ނުދެވެއެވެ. މިހާރު ވަދެވޭނީ ހަމައެކަނި ނޭޗާރ ޕާރކް ހުޅުވާފައި ހުންނަ ގަޑީގައި އެކަންޏެވެ.

މިތަން ކައުންސިލުގެ ބެލުމުގެ ދަށަށް އައުމުން ކުރިއަށްވުރެ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާތަން ފެނިގެން ދިއުމަކީ ރައްޔިތުންގެ އުުންމީދެކެވެ. އެގޮތުން ހެޔޮ ބަދަލްތަކެއް އައުމަކީ ގިނަ ރައްޔިތުން އެދޭނެ ކަމެކެވެ. ކޮންމެ ގޮތަކަށް ވިޔަސް ގޮތް ނިންމުމުގައި މިނިސްޓްރީއަށް ބަރޯސާވާކަށް ނުޖެހޭނެއެވެ. ކައުންސިލްގެ ބައްދަލުވުމަކުން އެތަނަށް ގެންނަން ފެންނަ ބަދަލްތަކެއް ގެނެވުމުގެ ބާރު ސިޓީ ކައުންސިލަށް ލިބިގެންދާނެއެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު