Advertisement
Advertisement

ސްކޭޓް ޕާކް އެޅުމަށް 5000 އަކަފޫޓުގެ ބިމެއް ދޭން ސިޓީ ކައުންސިލުން ނިންމައިފި

ފުވައްމުލައް ފުވައްމުލައް

ސްކޭޓް ޕާކް އެޅުމަށް 5000 އަކަފޫޓުގެ ބިމެއް ދޭން ސިޓީ ކައުންސިލުން ނިންމައިފިއެވެ.

Advertisement

ސްކޭޓް ޕާކް އެޅުމަށް ނިންމާފައިވަނީ ފުނާޑު ކަނދޮވަލި ދަޑުގައެވެ. މިގޮތަށް ނިންމާފައިވަނީ 11 އޮގަސްޓް 2022 ވަނަ ދުވަހު ބޭއްވުނު ކައުންސިލުގެ 4 ވަނަ ދައުރުގެ 61 ވަނަ ޖަލްސާގައެވެ. މި ހުށެހުޅުމަށް ވޯޓު ދެއްވީ ކައުންސިލަރ އާމިނަތު ޢިނާޔާ، ކައުންސިލަރ އާޢިޝަތު ޢަބްދުުލްޤާދިރު އަދި ކައުންސިލަރ ޢަބްދުﷲ ނާޞިރު އެވެ.

މި ކަރުދާހުގައި ހުށަހެޅިފައިވަނީ ފުނާޑު ކަނދޮވަލި ދަނޑުން ސްކޭޓް ޕާކް ތަރައްޤީ ކުރުމަށްޓަކައި ބިން ބޭނުންވާތީ، އެކަމާއި ގުޅޭގޮތުން ލޭންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމެންޓް ސެކްޝަނުންނެވެ. މި ކަރުދާސް ފާސްވެފައިވަނީ ޖަލްސާގެ އިއްތިފާޤުންނެވެ.

Advertisement
ކިޔުންތެރިންގެ ހިޔާލު