Advertisement
Advertisement

ފުވައްމުލަކުގައި ސްޕޯޓްސް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ސިޓީ ކައުންސިލާއި ހަވާލުކޮށްފި - ކައުންސިލް

މުހައްމަދު ޝަހީދު
ޑިރެކްޓަރ ނިޖާހް ޑިރެކްޓަރ ނިޖާހް

ޔޫތް މިނިސްޓްރީއާއި އެކު މިދިޔަ ހަފްތާގައި ބޭއްވުނު ބައްދަލުވުމަށްފަހު ކައުންސިލުން މިހާރު ވަރަށްގިނަ ޕްރޮގްރާމްތަކެއް ފެށުމަށް ތައްޔާރުވަމުންދާކަމަށް ސިޓީ ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ނިޖާހު ވިދާޅުވެއްޖެއެވެ.

Advertisement

 ނިޖާހް މިހެން ވިދާޅުވީ މިރޭ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ސަރުކާރުން މިއަހަރު ފުވައްމުލަކުގައި ހިންގަން ކަނޑައަޅާފައިވާ ކަންތަކުގެ ތެރެއިން ބައެއް ކަންތަށް ކުރުމަށް އިއުލާން ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން ސްކޭޓް ޕާރކް އަދި ސާފް ޝްރެކް އެޅުމުގެ މަސައްކަތް މިހާރު ކައުންސިލުން ކުރިއަށްދާ ކަމަށް ނިޖާހު ވިދާޅުވިއެވެ.

ހަމައެއާއި އެކު ވަރަށްގިނަ ޒުވާނުން އުންމީދު ކޮށްގެން ތިބި އެއްކަމެއް ސްޕޯޓްސް ކޮމްޕްލެކްސް އެއް ފުވައްމުލަކުގައި ހުޅުވިގެން ދިއުމަކީ، އެގޮތުން ޒުވާނުންގެ މަރުކަޒު މިހާރު އެވަނީ އެކަމަށް ކަނޑައެޅިފައި ކަމަށްވެސް ނިޖާހު އިތުރަށް ވިދާޅުވިއެވެ. 

ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ކުރިއަށްގެންދަން މިހާރު ޔޫތް މިނިސްޓްރީއިން ވަނީ ސިޓީ ކައުންސިލްއާއި ހަވާލުކޮށްފައި ކަމަށާއި، ވަރަށް އަވަހަށް ކައުންސިލުން ޒުވާނުންނާއި ބައްދަލުކޮށް ޒުވާނުން ބޭނުންވަނީ ކޮން ކަންތަށްތަކެއްތޯ އެ މަރުކަޒުގައި ކުރިއަށް ގެންދަން ބަލާ ރައްޔިތުންގެ ޚިޔާލުވެސް ހޯދާނެ ކަމަށްވެސް ނިޖާހު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ޒުވާނުން ހުށަހަޅުއްވާ ކަންތަށްތަކަށް ބަލާފައި އެކަންތަށްތަށްވެސް ހިމެނިގެން ކޮންސެޕްޓް ހެދިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. 

Advertisement
ކިޔުންތެރިންގެ ހިޔާލު
އހުމަދު
އަލަހަ އެޑާތަނެކެ އޭ އެޑާނިމީފޭ ހީށިތަނެއްނުނެ؟